ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންއަށް ލައިފި

ފޮޓޯ- ދި ޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށި ސިޓީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަނެއްކާވެސް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެއްސިއެވެ.

އެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލަށް އަލާމާތްތައް ފެނުމުން ދެއްކި މީހެއްކަމަށް ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. ޕޮޒިޓިވް ވެފައިވަނީ އެރަށުގެ މާލެ ދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިޔެކެވެ. މިއާއިއެކު ރޭ ދަންވަރު ވަނީ ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. މިހާރު ކުރެވެމުންދަނީ ޕޮޒިޓިވްވި މީހާއާ ޑައިރެއްކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިފައިވާކަމަށާއި އޭގެތެރޭން 24 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މިސާމްޕަލްތަކުގެ ނަތީޖާ މިއަދު ހަވީރު ލިބޭނެކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މިއާއެކު ކުޅުދުއްފުށީގެ 13 ގެއެއްވަނީ މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ކުޅުދުއްފުށި ވަނީ ޕޮޒިޓިވް ކޭސްއެއްފެނި މޮނިޓަރިންއަށް ގެނެވިފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: