ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހ. ތަރަބޫޒުގޭގެ އެއްވަނަ ފަންގިފިލާގައި ހުރި، މީހުން ދިރިނޫޅޭ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަނެއްގައި ކަމުށާއި އެގޮތުން އެތަނުގައި ހުރީ އެންގްރޭވް ކުރަން ބޭނުންކުރާ ޒާތުގެ މެޝިންތަކެއް ކަަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ރޯވެފައި ވަނީ އެންގްރޭވް ކުރަން ބޭނުންކުރާ ލޭޒާ މެޝިންތަކެއްގައި ކަމަށާއިނމި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 2:44ހާއިރު ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން ބުނެފައިވަނީ އެ އިމާރާތުގައި އުޅުނު 30 ފަރާތަަކަށް އެހީތެރިކަން ފޯރުކޮށްދެވުނު އިރު، މިހާރު އެ ފަރާތްތައް ވަނީ ގެއަށް ބަދަލުކުރެވިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: