ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓްރަޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

“ރެސްޓްރިކް ޔޫޒް އިން އިމަޖެންސީ ސިޓުއޭޝަން” ގައި އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

އެމްއެފްޑީއޭ އިން ބުނީ މި ވެކްސިން ދޭނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

މި ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އާއި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

8 ޑިގްރީ އާއި 2 ޑިގްރީ އާއި ދެމެދުގެ ފިނިހޫނުމިނުގައި ބަހައްޓަން ޖެހޭ އެސްޓްރަޒެނެކާ ވެކްސިން މިހާރުވެސް 115 ގައުމެއްގައި އަންނަނީ ބޭނުން ކުރަމުން ނެވެ.

އެ ވެކްސިނުގެ 700،000 ޑޯޒް ގަތުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑުގައި ބޭނުން ކުރުމަށް މިހައިތަނަށް ހުއްދަދީފައިވަނީ ކޮވިޝީލްޑް ވެކްސިން، ސައިނޯފާމް ވެކްސިން، މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަން ވެކްސިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: