ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފެންނާނެހެން އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެގްރިމެންޓްގެ ޑްރާފްޓާމެދު އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 އިން ވިއްކުމަށް ހަމަޖެހިފައިވާ 6,720 ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ޖުލައި 1 ކުރިން އެޗްޑީސީއަށް މެއިލް (legal@hdc.com.mv) ކުރުމަށް އެދިފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑިވެސް ހަވާލުކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: