ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯމު ބާތިލުކުރީ ބަލަންވާ ވަރަށް ނުބަލައި: ކަމާލުއްދީން

އަބްދުﷲ ކަމާލުއްދީން - ފޮޓޯ: އަހުމަދު ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް، އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވަނީ ބަލަންވާވަރަށް ނުބައްލަވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އީސީން މިއަދު ބުނީ އެ ފޯމު ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ. އެއީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އަދިވެސް ކަމާލުއްދީންގެ ނަން އޮތުމުން ކަމަށް އީސީން ބުނެއެވެ.

އެކަމާ ގުޅިގެން ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްއާރްއެމް އިން އޭނާ ވަކިވެފައިވާ ކަމަށެވެ. އަދި ބަލަންވީ ވަރަށް ނުބަލައި ރައްޔިތެއްގެ ހައްގު ހިފެހެއްޓެވީތީ ހިތާމަކުރައްވާ ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން އިސްވެހުރެ “ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ” ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ކަމާލުއްދީން އެންމެ ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމްގައެވެ. އެޕާޓީން އޭނާ ވަކިވެވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: