ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމާލުއްދީނުގެ ޕާޓީ އުފައްދަން ހުއްދަ ދީފި

އަބްދުﷲ ކަމާލުއްދީން— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އީސީން ދިނީ އަބްދުﷲ ކަމާލުއްދީނަށެވެ.

އެ ޕާޓީގެ ނަމުގައި ރަޖިސްޓްރީކުރަން ކަމާލުއްދީން އެންމެ ފުރަތަމަ ހުށަހެޅުއްވި ފޯމު ބާތިލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތުމުން ނެވެ.

އޭނާ އެ ޕާޓީން ވަކި ކުރުމުން، އަލުން ފޯމު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި، 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: