ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީއެއް ހަދަން އަބްދުﷲ ކަމާލުއްދީން ޝަރުތު ހަމައެއް ނުވި!

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމު ބާތިލުކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމެންޓު (އެމްއާރުއެމް) ގައި ހުންނެވުމަށްފަހު ޕާޓީން ވަކިވެ އަބްދުﷲ ކަމާލުއްދީން އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވުނީ މި ހަފްތާގެ ތެރޭގަ އެވެ.

ކަމާލުއްދީނަކީ މީގެ ކުރިން ޑީއާރުޕީ އާއި، ޖުމްހޫރީ ޕާޓީ ފަދަ ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން އިއުލާނުކޮށް އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން ހުށަހެޅީކަމަށް ވެސް ކަމާލުއްދީން ވިދާޅުވި އެވެ.

ޕާޓީގެ ރެޖިސްޓްރޭޝަންއަށް ހުށަހެޅި ފޯމުތަކާއި ގުޅޭގޮތުން އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކަމާލުއްދީންގެ ފޯމް ބާތިލު ކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން ހުށައެޅި ފޯމަކީ ބާތިލު ފޯމެއް ކަމުގައި ކޮމިޝަނުން ނިންމާފައިވާކަމަށް ބުންޏެވެ.

އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެނގިފައިވާ ގޮތުން ޕާޓީއެއް ރެޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ، 3،000 މެމްބަރުންގެ ސޮއި މިިހާރު ވަނީ ހަމަކޮށްފަ އެވެ. މިހާތަނަށް އެ ޕާޓީގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާއިރު، ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ޕާޓީގެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފްވީފަހުން މިހާތަނަށް ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައި ވެއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައިއިރު ގިނަ ޕާޓީތައް އުވިގެން ދިޔައީ، މެމްބަރުންތައް ހަމަނުވުމުގެ ސަބަބުންނެވެ.

އެހެންކަމުން މިވަގުތު ރާއްޖޭގައި ސިޔާސީ މައިދާނުގައި އޮތީ 10 ސިޔާސީ ޕާޓީ އެކެވެ. އެންމެ ފަހުން އުފެއްދި ޕާޓީއަކީ 2019 ވަނަ އަހަރު ރެޖިސްޓްރީ ކުރި ރައީސް މައުމޫންގެ އެމްއާރުއެމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: