ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ފުރިހަމަނަމަ ބޭރުން އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ

ހޯމް ކަރަންޓީނުގެ އުސޫލުން އެންމެ ފުރަތަމަ މާލެއިން ފުރި ބެޗުގެ މީހުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި ވަރކްޕަރމިޓް ހޯލްޑަރުންނަށް ފަސޭހަތަކެއް އެޗްޕީއޭ އިން ހަދައިދީފި އެވެ.

އެގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފަ އެވެ.

އެންގެވުމުގައި ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އެ ނޫން މީހުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު އޮންނަން ޖެހެއެވެ. މީގެ އިތުރުން ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: