ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

7 ފެބްރުއަރީގައި އެ ސަރަހައްދަށް ދިޔައީ ސަރުކާރު ވައްޓާލާކަށް ނޫން: ނާޒިމް

ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތެއް ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނު ސަރަހައްދަށް ދިޔައީ އެކަން ހަމަޔަށް އެޅުވުމަށްޓަކައި ކަމަށާއި އެއްވެސް ހާލެއްގައި ސަރުކާރު ވައްޓާލާކަށް ނޫން ކަމަށް ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން “ކޯނީ ރިޕޯޓް” އެކުލަވާލާ އެ ރިޕޯޓް ހުރިހާ ޕާޓީތަކުންވެސް ބަލައިގަނެފައިވާކަމަށެވެ.

އެ ރިޕޯޓުގައި އެމަނިކުފާނާއި ތިމަރަފުށި ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒްގެ ނަމެއް ނެތް ކަމަށާއި ހަގީގަތް ރައްޔިތުންނާއި ހަމަޔަށް އެކި ފޯރަމްތަކުގައި ދައްކާފައިވާނެ ކަމަށެވެ. އަދި އެތަނަށް އެދުވަހު ދިޔައީ އެ ވަގުތުތަކީ ވަރަށް އުދަގޫ ވަގުތަކަށް ވުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އެތަނަށް އަޅުގަނޑުމެން ދިޔައީ އެވަގުތު ވަރަށް އުނދަގޫ ވަގުތަކަށް ވެގެންދިޔައީ. ސިފައިންނާ ފުލުހުން އެތަނުގަ އެހިނގާދިޔަ ހަރަކާތަށް ބަލާއިރު، އެވަގުތު އެތާންގަ ހުންނެވި ބޭފުޅަކަށް ވަޒަންކުރެވޭނީ އެކަމުގެ ނުރައްކާތެރިކަން. ގައުމުގެ ހާލަތު ވެއްޓޭނެ ދަރަޖަ. އެހެންމަ އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން އިސްނަގައިގެން ހަމައަކަށް އެޅުވުމަށްޓަކައި. އެއީ އެއްވެސް ހާލެއްގައި ސަރުކާރެއް ބަދަލުކުރުމުގެ ނިޔަތުގައި ދިޔަ ދިޔުމެއް ނޫން.” ކާނަލް ނާޒިމް ވިދާޅުވިއެވެ.

އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.

އެ މައްސަލަ ބެލުމަށް އޭރުގެ ޑރ. ވަހީދުގެ ސަރުކާރުން އެކުލަވާލި، ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.

ނަޝީދު އަދިވެސް އަންނަނީ ހަތެއް ފެބްރުއަރީގައި 2012 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: