ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ރާގަށް މިއުޒިކު އުފައްދަން މީޑީއާތަކުން ފަންނާނުންނަށް ހިތްވަރުދޭންޖެހޭ: ޔުމްނާ

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ރާގަށް މިއުޒިކް އުފައްދަން މީޑިޔާތަކުން ފަންނާނުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައިމިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކުން ބޭރު ގައުމެއްގެ ކޮޕީ ރާގަކަށް ލަވައެއް ތައްޔާރުކޮށްފައިވާތީ ދިވެހި މިއުޒީޝަނުންނާއި އާންމުން ފާޑުކިޔަމުންދިއުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިވަންތަ، ދިވެހީންގެ އަމިއްލަ އުފެއްދުންތަކަކަށް ހެދުން މުހިއްމު ކަމަށެވެ. އަދި ދިވެހި ފަންނާނުންނަކީ ހުނަރުވެރި، ކުޅަދާނަ ބައެއް ކަމަށާއި ދިވެހިވަންތަ އުފެއްދުންތައް ކުރިއެރުވުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

އެގޮތުން ދިވެހި މިއުޒިކު ކުރިއެރުވުމަށްޓަކައި، ބޭރު ރާގުތަކާއި މިއުޒިކު ކޮޕީ ކުުރުމުގެ ބަދަލުގައި އަމިއްލަ ރާގުތަކާއި މިއުޒިކު އުފެއްދުމަށް މީޑިޔާތަކުން ފަންނާނުންނަށް ހިތްވަރު ދިނުން މުހިއްމު ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: