ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުޒިޔާރަތުގައި ނެގި ދިދަތައް ތިރިކުރީ ފާޑުކިޔާތީކީ ނޫން: ޔުމްނާ މައުމޫން

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މެދު ޒިޔާރަތުގައި މިމަހުގެ 11 ވަނަ ދުވަހު ދިދަ ނެގުމަށް ފަހު އެދުވަހު އެ ދިދަތައް ތިރިކުރީ ފާޑުކިއުންތަކާއި ގުޅިގެން ނޫންކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ކަމަށާއި އެ ދުވަހުގެ އިރު އޮއްސުމުން ދިދަ ތިރިކުރީ ކަމަށެވެ.

ޔުމްނާ ވިދާޅުވީ މެދު ޒިޔާރަތުގައި ދާއިމީ ގޮތަކަށް ދިދަ ނަގާފައި ބެހެއްޓުމަކީ މާލީ ގޮތުން ފަސޭހަކަމެއް ނޫނެވެ. އެއީ އާދަކާދައިގެ ގޮތުން ވެސް ފަސޭހަކަމެއް ނޫން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މެދުޒިޔާރަތުގައި ދިދަ ނެގުުން ހުއްޓާލިތާ އެތައް އަހަރެއް ފަހުން އެތަނުގައި ދިދަ ނެގުމުން ދީނީ އިލްމުވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް މިނިސްޓަރު ޔުމްނާ އެދުވަހު ވެސް ރައްދު ދެއްވިއެވެ.

އެގޮތުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް ކަމަށެވެ. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް ކަމަށް ވެސް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

މެދު ޒިޔާރާތުގައި ދިދަ ނެގުމާއި ގުޅިގެން މީގެ ކުރިން އިލްމުވެރިން ވަނީ އެކަމަކީ  ޝިރުކުގެ އަމަލަކަށް މަގުފަހި ކުރުން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: