ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 3 އަހަރު ތެރޭ ސަގާފީ ފަތުރުވެރިކަން ހަރުދަނާ ކުރަން މަސައްކަތް ކުރެވުނު: ޔުމްނާ

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން، ސަންގުޓީވީއަށް އިންޓަވިއުއެއް ދެއްވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސޯލިހުގެ ވެރިކަމުގައި ވޭތުވެދިޔަ 3 އަހަރު ދުވަހު ތެރޭ ސަގާފީ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ހަރުދަނާ ކުރެވިއްޖެކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއި އެކު 3” ކަވަރޭޖުގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ ސަގާފީ ފަތުރުވެރިކަން ފުޅާކޮށް އެ ދާއިރާއިން މާލީ މަންފާ ލިބޭނެ ފުރުސަތުތައް ތަނަވަސް ކުރުމަށް ވުޒާރާއިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުން އިސްނަގައިގެން ރާއްޖޭގެ އާސާރީ ބިނާތައް ރައްކައުކުރުމަށާއި މަންފާ ލިބޭނޭ ފަދަ ގޮތަކަށް ބިނާތައް ފަރުމާ ކުރުމަށް އިސްނަގާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. މިކަމުން ދޭހަ ވެގެން ދަނީ ވުޒާރާއިން ކުރިއަށް ގެންދިޔަ މަސައްކަތް ކާމިޔާބު ކާމައިއެކު ކުރެވުނުކަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއިއެކު ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ފަންނާނުންނަށް ފުރުސަތުތައް ފަހިކޮސްދީފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުން ފަންނީ މަސައްކަތްތައްކޮށް ވިޔަފާރިތައް އުފައްދައިގެން މާލީ މަންފާ ހޯދޭނެ މަގުތައް ފަހި ކުރުމުގެ މަސައްކަތް ވުޒާރާގެ އެތެރެއިން ކުރެވިފައިވާނެ އެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ފަންނުވެރިންގެ ހުނަރުތައް ދައްކައި ވިޔާފާރިތައް ހުޅުވުމާއި އެކު އާމްދަނީ އިތުރުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީ އިން މިހާރު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ރަށް ރަށުގައި ހުރި އާސާރީ ބިނާތައް ތަރައްގީ ކޮށްގެން، ރާއްޖޭގައި ފުޅާވަމުންދާ ލޯކަލް ޓުއަރިޒަމް އާއި އަލަށް ތައާރަފް ކުރެވިގެންދާ ހޯމް-ސްޓޭ ޓުއަރިޒަމް ގެ ތެރެއިން ސަގާފީ ފަތުރުވެރިކަން ހަރުދަނާ ކުރުން ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: