ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްޓަން ޕާކް ތެރެއިން ފެނުނު ފައިސާ ތައް ހުރި ވެލިފުނި ފަހުން ވަނީ ގެއްލިފަ: ޔުމްނާ

ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫޏް
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ވަނަ އަހަރު ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އެތަނުގެތަނެއް ކޮންނަމުން ދަނިކޮށް ގިނަ އަހަރުތަކެއް ވެފައިވާ ފައިސާ ފޮތިތަކެއް ފެނިފައިވީ ނަމަވެސް ޖެހިގެން އައި ދުވަހު އެތަނުގެ ހުރި ވެލި ފުނި ގެއްލިފައިވާ ކަމަށް ކުރީގެ ގައުމީ ތަރިކައާއި، ބެހޭ ވުޒާރާގެ މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫނު މިފަދައިން ވިދާޅުވެފައިވަނީ މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދ،ު މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ. މެމްބަރު ރަޝީދު ޔުމްނާއާ އެ ސުވާލު ކުރައްވާފައި ވަނީ އެކަމަނާ މިނިސްޓޒަރު ކަމުގައި ހުންނަވަނިކޮށެވެ. ނަމަވެސް ޖަވާބު މަޖިލީޙުގެ ތަޅުމަށް އިއްވާފައި ވަނީ ދައުރު ނިމުނު ފަހުންނެވެ.

އެގޮތުން މެމްބަރު ރަޝީދު ކުރެއްވި ސުވާލަކީ ރައީސް ޔާމީނުގެ ސަރުކާރުން މާލޭ ސަލްޓަންޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ޕާކު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އެކި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ފައިސާ ފޮތިތަކެއް ހެރިޓޭޖް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށަށް ދިރާސާ ކުރުމަށް ގެންދެވުނުކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި،  އަދި އެ ފައިސާ ފޮތިތަކުގެ ޖުމްލަ ޢަދަދާއ،ި ފައިސާ ފޮތިތަކުގެ އުމުރުންވެފައިވާ ދުވަހާއ،ި އަދ،ި ކޮނުމުގެ ތެރެއިން ފައިސާ ފޮތިތައް ނޫން އެހެން އެއްވެސް އެއްޗެއްގެ މައުދަނީ ބާވަތެއް . ނުވަތަ އާސާރެއް ފެނިފައިވާނަމަ ފައިސާ ފޮތިތައް ހިމެނޭގޮތަށް ވަކިވަކިން އެތަކެތީގެ ފޮޓޯއާ އެކު ހޯދިފައިވާ މަޢުލޫމާތުގެ ދިރާސާ ތަފްޞީލާއި ގުޅޭ މައުލޫމާތު ހޯދުމަށެވެ.

މެމްބަރު ރަޝީދުގެ މި ސުވާލަށް ޖަވާބު ދެއްވަމުން ޔުމްނާ ވިދާޅުވެފައި ވަނީ ސަލްޓަންޕާކުގެ ލިލީ މަގަށްވާފަޅިން ރިހި ފައިސާ ތަކަކާއި، މުށި ސީނު ތަށި ތަކަކާއި، ގުޅިއެއްްގެ ބައިތަކެއް ފެނިފައިވާ ކަމަށް އޭރު އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ހެރިޓޭޖު ޑިޕާޓުމެންޓުގައި މޯލްޑިވްސް ޑިފެންސް ފޯސްގެ ފަރާތުން 15 ޖޫން 2017 ގައި މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ހެރިޓޭޖުގެ ޓީމެއް އެ ސަރަހައްދަށް ގޮސް ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނާއިގެން އެދުވަހުގެ އިރު އޮއްސުމާއި ހަމަޔަށް 96 ފައިސާ ފޮތި ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ފަސްފުނި ފުރާނާއިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިދާނެ ކަމަށް ބަލާ ޖެހިގެން އައި ދުވަހު އެސަރަހައްދަށް ދިޔައިރު އެ ފަސް ފުނި ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މީހުން ކިޔައިދީފައިވާ ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

މިގޮތުން 18 އޮކްޓޯމްބަރު 2017ގައި އެ ސަރަހައްދުން ފެނިފައިވާ 43 ފައިސާ ފޮއްޗެއް ވެސް އެމްއެންޑީއެފާއި ހަވާލު ކޮށްފައިޥާ ކަމަށާއި، އެހެންކަމުން ގައުމީ ދާރުލް އާސާރުގައި މިހާރު އޮތީ 139 ފައިސާ ފޮތި ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.  މީގެ އިތުރުން އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކަކާއި، ގުޅިއެއްގެ ބައިތަކަކާއި، ލޯ ތާހެއް 19 ޖުލައި 2017 ގައި ދާރުލް އާސާރަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

29 ޖޫން 2017 ގައި ހެރިޓޭޖު ޑިޕާޓްމެންޓުން މީޑިޔާތަކަށް ވިދާޅުވީ ސަލްޓަން ޕާކް ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފޮތި ތަކެއް ފެނިފައިވާކަމަށެވެ. އަދި އެ ފައިސާ ފޮތިތަކަކީ އީސްޓް އިންޑިއާ ކޮމްޕެނީ ފައިސާ ފޮތިތަކެއް ކަމަށްވެސް އޭރު މަުލޫމާތު ދީފައި ވެއެވެ. މިގޮތުން އެ ފައިސާ ފޮތިތަަކަކީ 1835 ވަނަ އަހަރު ބޭނުންކުރަން ފެށި ފައިސާ ފޮތިތަކެއް ކަމުގެ މައުލޫމާތުވެސް އޭރުވަނި ލިބިފައެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: