ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ނުގެންނަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ކަށަވަރުވެ ރާއްޖެ ގެނެވިފައިވާތީ ރަޝިއާގެ ސްޕަޓްނިކް ގަތުމަށް ސަރުކާރުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ.

އެޗްއިއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްޕަޓްނިކް ވެކްސިން ނުގެންނަގޮތަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ މިވަގުތަށް ބޭނުންވާވަރަށް ވެކްސިން ލިބިފައި ހުރުމުންކަމަށް ވިދާޅުވިއެއެވެ.

ސްޕަޓްނިކް ވެކްސިން ގެނައުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ތާށިކަމުގައި ރާއްޖެ އޮތް އިރު ރަޝިއާ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ނިންމައި އިނީޝިއަލް އެގްރީމަންޓެއްގައި ސޮއިކުރި އެވެ. އެހެންނަމަވެސް ވެކްސިން ވެކްސިން ގަތުމަށްޓަކައި އޮންނަ އެއްބަސްވުމުގައި ސޮޔެއް ނުކުރެ އެވެ.

ސަރުކާރުން މިފަހުން ވަނީ ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާކަން ވެސް ހާމަކޮށްފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: