ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރައަކަށް ފޭކު ސްލިޕް ފޮނުވައިގެން ނެގި ތަކެތި ހޯދައިފި

ސައްހަ ނޫން ސްލިޕް ފޮނުވައިގެން ނަގާފައިވާ ޑައިވް ކޮމްޕްރެޝަރއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައަކަށް ފޭކު ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ކޮށްފައިވާ ވިޔަފާރިއެއްގައި ހިމެނޭ ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނާގޮތުގައި މިތަކެއްޗަކީ ޑައިވް ޝޮޕަކަށް ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، ހޯދާފައިވާ ތަކެއްޗެވެ. މީގެތެރޭގައި ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި މި މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އެތަކެތި ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައިކަމަށެވެ.

މިފަދަ ވިޔަފާރިތައް ރާއްޖެތެރޭގައި އާންމުވެފައިވާއިރު، ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފިހާރައިން  171،292 ރުފިޔާގެ ތަކެތި މިފަދައިން ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: