އާންމުކޮށް ރާއްޖެއިން ނުފެންނަ ބާވަތުގެ ބޮނޑެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު އެ ބޮނޑު ފެނިފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓް (އެމްޕީއެލް) ސަރަހައްދުން ކަމަށެވެ.
ފެނިފައިވަނީ ދެ ފޫޓްގެ ބޮނޑެއް ކަމަށާއި މިއީ އާންމުކޮށް ރާއްޖެއިން ނުފެންނަ ބާވަތެއް ކަމަށްވާ ”ވައިލްޑް އިގުއާނާ“ ވައްތަރުގެ ބޮނޑެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެމްޕީއެލް އިން ބުނީ މާލެ ކޮމާރޝަލް ހާބަރ ތެރެއިން ފެނުނު އެ ބޮޑު އެމްއެންޑީއެފްއާއި ހަވާލުކުރި ކަމަށެވެ. އަދި ބައެއް ފަހަރު ގެންނަ ކޮންޓެއިނަރ ތަކުން ދިރޭ އެއްޗެހި ފެންނަ ކަމަށާއި ކޮންޓެއިނަރުތައް ބަންދުކުރަނީ ބޮޑެތި ކާރުހާނާތަކުގައި ކަމަށް ވެސް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

