ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ތެރެއިން އާންމުންނަށާއި، ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ބަލަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިންނާ ފުލުހުން ކުރިމަތިލާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން މިނިވަން މީޑިއާ އަށް ހުރަސް އަޅާ ހިންގި އަމަލު ބަލައި ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ބާރު ލިބިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންނާއެކު ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިޙުތިޖާޖަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރަށް ތަބާވެ ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިޙްތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އެނިޔާ ލިބިފައިވާކަން ފާހަގަ ކުރާކަމަށެވެ.

އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ދިއުމުގެ އިތުރުން އިޙުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމާއި، އެއްވެސް ބަލާލުމެއް ނެތި އިޙުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕރޭ ޖަހާ ސުލްޙަވެރިކަމާއެކު އިޙުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ހަމައެއާއެކު މި ސުލްޙަވެރި އިޙުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް، ހުރަސް އަޅާ ބައެއް ނޫސްވެރިންނަށް ޢަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

”އެހެން ކަމުން ސުލްޙަވެރި އިޙުތިޖާޖުގެ ބައިވެރިންނަށާއި އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދީފައިވާ އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.“ އިދިކޮޅުން ބުނެފައިވެއެވެ.

އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަށް ސަރުކާރުން އަރައިގަނެ ހިންގަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކުން މިކަންކަން ބައްލަވާ ފިޔަވަޅު އެޅުމަށް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު މިނިވަން މީޑިއާގެ ޙައްޤުތަކަށް ސަރުކާރުން އަރައިގަނެ، މީޑިއާތަކަށް ހުރަސް އަޅާ ނޫސްވެރިނަށް ދެމުން ގެންދާ އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާ ބެހޭ މުއައްސަސާ ތަކަށްވެސް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: