ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ މުޒާހަރާ: ބެޔަސް ނުބެޔަސް ދޭން ބުނި ފައިސާތައް ދީފައި ނުވާތީ މަސްވެރިންގެ ފާޑުކިޔުން އިދިކޮޅަށް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއާއި ގުޅިގެން މަސްވެރިންގެ ފަރާތުން އިދިކޮޅު ކޯލިޝަނަށް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ފާހަގަކޮށް އަޑު އުފުލުމުން، އެ ސަރަހައްދުގައި އެ ވަގުތު ތިބި ގިނަ އަދަދެއްގެ މަސްވެރިންވަނީ އެ ވާހަކަތަކަށް ރައްދުދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައިވެސް މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާކަމަށް ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާ އާންމުކޮށްފައިވާ ވީޑިއޯތަކުގައި ބައެއް މަސްވެރިން ބުނެފައިވާގޮތުން، މަސްވެރިންގެ ހައްގުތަކުގެ ނަމުގައި އަޑު އުފުލައި ހެދި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދެން ނެތެވެ. ސަބަބެއް ކަމަށް ބުނަމުން ދިޔައީ ވޭތުވެ ދިޔަ ސަރުކާރުން ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭނެކަމަށް ބުނެ ވެފައިވާ ވައުދު ފުއްދާފައިނުވުމެވެ. އެހެން ކަމުން މިހާރު ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ވަކާލާތު ކުރިނަމަވެސް ހެއްލެން ނެތްކަމަށް ބައެއް ފަރާތްތަކުން ސިފަކުރިއެވެ.

އާންމުކޮށްފައިވާ ވީޑިއޯއެއްގައި މަސްވެރިޔަކު ފާހަގަކޮށްފައިވާ ގޮތުން، މުޒާހަރާ ކުރި ވަގުތު އެ ސަރަހައްދުގައި ތިބި މަސްވެރިންގެ ތެރެއިން އިދިކޮޅަށް ވޯޓު ދޭން ހުރީ ތިން މީހުންނެވެ. އެހެން މަސްވެރިއެއް ބުނެފައިވާގޮތުން، އިދިކޮޅުން މަސްވެރިންނާއި ކުރިމަތިލާންވާނި 5 އަހަރު ދުވަހަށް ވާ ފައިސާތައް އެއް ފަހަރާ ދިނުމަށް ފަހުއެވެ. އަދި އިދިކޮޅުގެ ސަރުކާރުންވަނީ 5 އަހަރު ދުވަހުގެ ފައިސާއަށް “ދަރާފައި” ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރިއެވެ.

އިދިކޮޅުން ބޭއްވި މުޒާހަރާގައި އެ ކޯލިޝަންގެ އިސް ލީޑަރުންވެސް ބައިވެރިވެފައިވެއެވެ. އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ފަދަ ބޭފުޅުންވެސް މި މުޒާހަރާގައި ބައިވެރިވެފައިވެއެވެ.

މި މުޒާހަރާގެ ހުއްޓުވުމަށްޓަކައި ފުލުހުންގެ މުއައްސާއިންވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ބައިވެރިން ހައްޔަރުކޮށްފައިވެއެވެ.

ވަރަށް ގަދަ
79%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: