ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ނިޒާމުގެ ތެރޭގައި މިއުޒިކް ބޭނުންކުރަން ޝައުގުވެރިވޭ: ފަޒްނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ތަޢުލީމު ދިނުމުގެ ތެރޭގައި އާރޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)ގެ ނިއުޔޯކް އޮފީހުގެ ހެޑް، މާރކޯ ސުއާޒޯ އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އެގްޒެކެޓިވް ޑިރެކްޓަރ ޖޭ. ގުއޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ މިސްޓަރ ބައިރޮން ޒޫއޮ އާއާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޔޫ.އެން.ޖީ.އޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި މިދަތުރުފުޅަކީ މިފަދަ ފައިދާހުރި އައު ޕާރޓްނަރޝިޕް ފުރުޞަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެކަމަނާ އަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތަޢުލީމު ދިނުމުގެ ތެރޭގައި އާރޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާރޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ސްކޫލް ކުދިންނަށް އާރޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން-ދަ-ޓްރެއިންނަރ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާރޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ އަށް ހުށަހަޅުއްވާފައެވެ. އަދި ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ. ގެ ބޭފުޅުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ޚާއްޞަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: