ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓަށް ކަރަންޓްލާން އޮންލައިންކޮށް މިހާރު ރެޖިސްޓްރީ ކުރެވޭނެ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ރަޖިސްޓަރ ކުރުމަށްފަހު، އެކި ސަބަބުތަކާ ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް ކަނެކްޝަނަށް އެދޭނެ އިންތިޒާމް ސްޓެލްކޯއިން ހަމަޖައްސައިފިއެވެ.

ސްޓެލްކޯއިން ބުނީ ހިޔާ މަޝްރޫއުގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ސްޓެލްކޯގެ ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. އަދި މީގެ ތެރެއިން 5828 ފްލެޓެއްގެ ވެރިފަރާތުން ވަނީ އެގްރީމަންޓުގައި ސޮއިކޮށްފައި ކަމަށާއި މިވަގުތާ ހަމަޔަށް ހިޔާ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯ އާއެކު ސޮއިކޮށްފައިވާ 95 އިންސައްތަ ކަސްޓަމަރުންނަށް ވަނީ ކަނެކްޝަން ގުޅާ ދެވިފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި މީގެ އިތުރުން، އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާއި ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައިނުވަނީ 280 ފަރާތަކަށް ކަމަށާއި އެއީ އެގްރީމަންޓު ހެދި ފަރާތްތަކުގެ 5 އިންސައްތަ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

އޮންލައިންކޮށް ކަނެކްޝަނަށް އެދުމަށް މި ލިންކަށް ފިތާލައްވާ: https://www.stelco.com.mv/hiyaa-connection-request

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: