ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 177 މިލިއަން ރުފިޔާ ދޫކޮށްފި

ފޮޓޯ_ދި ޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 177.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމާ ސަރުކާރުން އެކަން ހާމަކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެލަވަންސްގެ ގޮތުގައި ހަރަދު ކުރާވަރު ސަރުކާރުން ހާމަކުރަން ފެށީ އެ އެލަވަންސް ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަން ފެށުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: