ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތްތައް ފުޅާކޮށް ސްޓެލްކޯގެ، “ސްޓެވޯ” ވޯކްޝޮޕް ހުޅުވައިފި

ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯ ފަރާތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކާއެކު ސްޓެލްކޯގެ ވޯކްޝޮޕް (ސްޓެވޯ) އިފްތިތާހުކޮށްފި އެވެ.

ސްޓެލްކޯއިން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި އަރިހުގައި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯގެ ސްޓެވޯގެ ހިދުމަތްތަކުގެ ތެރޭގައި، ސްޓެލްކޯގެ ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސަމްބަލް ކުރުމާއި ސާވިސް ކުރުން އަދި ސާފު ކުރުމުގެ ހިދުމަތް ހިމެނެއެވެ. މީގެ ވޯކްޝޮޕްގެ ހާއްސަ ހިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ދޭނެ އެވެ.

ސްޓެލްކޯއިން ވަނީ އެ ވޯކްޝޮޕްގެ ތިން މޮޑިއުލް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800 ހިމެނެ އެވެ. މި ވޯކްޝޮޕުން މެދުވެރިކޮށް ކަސްޓަމަރުން އިހުތުޔާރު ކުރާ ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: