ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯގާ އާއި އިންފްލުއެންޒާ އިތުރުވާތީ ސަމާލުވާން އެދިއްޖެ

މާލޭ މަގުމަތި— ފޮޓޯ: ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރަކީ އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރައްކާތެރި ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހު އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު މިހާާރު 11،008 އަރާފައިވާ ކަމަށާއި އިންފްލުއެންޒާއަށް ޓެސްޓްކުރި 432 މީހުންގެ ތެރެއިން 192 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނީ މި އަހަރުގެ މިހާތަނަށް 1،198 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކޮށްފައި ވާއިރު 365 މީހަކު އެ ބައްޔަށް ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: