ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑަރ މިނިސްޓްރީގެ ‘ރިވެލި ތަރި’ އަށް ކުރިމަތިލިމުގު ފުރުސަތު ހުޅުވާލައިފި

ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ފޮޓޯ / ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ފަރާތުން، މުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ބާއްވާ، ‘ރިވެލި ތަރި’ އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެންޑަރ މިނިސްޓްރީއިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ވަނީ ރިވެލި ތަރި އަށް ކުރިމަތިލުމުގެ ފުރުސަތު، 12 އޮކްޓޯބަރު ވީ އަންގާރަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިފައިވާ ކަމެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހުނަރުތައް ދެނެގަނެ، އެފަރާތްތަކުގެ މަސައްކަތުގެ ގާބިލުކަން ފުޅާ ދާއިރާއެއްގައި ފެތުރައި، އުފެއްދުންތައް މަގްބޫލުކުރުން ކަމުގައި މިނިސްޓްރީއިން ބުނެފައިވެއެވެ. މިއާއިއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ވިޔާފާރިކޮށް މާކެޓުކުރުމުގެ ފުރުސަތު ދިނުމަކީވެސް މި މުބާރާތުގެ ބޭނުމެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ރިވެލި ތަރި އަށް ކުރިމަތިލުމަށްޓަކައި ހުށައަޅާނީ ވަކި ފޯމަކުން ކަމާއި، މި ފޯމު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީ އިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. މުބާރާތް ކުރިއަށްގެންދެވޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް މިނިސްޓްރީ އިން ބުނެފައިވަނީ ކުރިމަތިލާ ފަރާތަކުން ބޭނުންވާ ކެޓެގަރީ އަކާއި ގުޅޭ ވީޑިއޯ އެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައެޅިފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑު ކުރާނެ ކަމަށެވެ. ވީޑިއޯ އަޕްލޯޑު ކުރުމާއި ބެހެ މައުލޫމާތު، އެޕްލިކޭޝަން ފޯމު ހުށައަޅާ ރަފާތްތަކާއި މިނިސްޓްރީން ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިވެލި ތަރިއަށް ކުރިމަތި ލުމަށް ހުށައަޅާ ފޯމު އަދި ކޮންސެޕްޓް ނޯޓު މިނސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގ (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓު އަދި، ރަށްތަކުގެ ޖެންޑަރ ބްރާންޗް ތަކުން ލިބޭނެއެވެ. މި މުބާރަތަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ 15 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: