ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ބޭންކް އިން ރާއްޖެއަށް ޒިޔާރަތް ކުރަނީ!

ވޯލްޑް ބޭންކުގެ ވަފުދާއި އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ފުރަތަމަ ފަހަރަށް ވޯލްޑް ބޭންކްގެ ފަރާތުން، ސައުތު އޭޝިއާ ގޮފީގެ ނައީބް ރައީސް ކަމަށްވާ ހާޓް ޝެފާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެ އެވެ.

ވޯލްޑް ބޭންކުގެ ވަފުދު ރާއްޖެ ޒިޔާރަތް ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވަނީ އޭނާ ޓްވިޓާގައި އާއްމުކުރި ވީޑިއޯ މެސެއްޖެގައެވެ.

މި މެސެޖުގައި ހާޓް ޝެފާ ވިދާޅުވީ، ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާފައިވާކަމީ އޭނާ އުފަ ފާޅުކުރާ ކަމެއް ކަމުގައެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކކަށް ހައްލުގެނައުމަށް މަގު ފަހި ވެގެންދާ ކަމެއް ކަމަސްވެސް އޭނާ ވިދާޅޫވިއެވެ.

މެސެޖުގައި ޝެފާ ވަނީ، ކޮވިޑްގެ އުނދަގޫތަކުން އަރައިގަތުމަށްޓަކައި، ވޯލްޑް ބޭންކްއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށް އެކަމަށް ތައުރީފުކޮށްފައެވެ. އެގޮތުން ވޯލްޑް ބޭންކް އިން އެހީތެރިކަން ފޯރުކޯށްދީފައިވަނީ ކޮވިޑުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ހިދުމަތްތައް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދީ، ވަޒީފާ ގެއްލުނު މަސައްކަތްތެރީންނާއި އެފަރާތްތަކުގެ އާއިލާތަކަށް އަމްދާނީ ގެ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މީގެއިތުރުން ސަރުކާރުން ގާއިމްކުރަން މަސައްކަތް ކުރަމުންދާ ނޫ އިގްތިސޯދަށް ތާއިދު ކުރާކަމަށް ބުނެ، ކަމާއި ގުޅުން ހުރި މަސަކަތް ގާތުން ބެލުމަށް ބޭނުންވާކަމަށްވެސް ޝެފާ ވިދާޅުވިއެވެ.

ހާޓް ޝެފާ ވަނީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ ރަޢްޖޭގައި ހުރި ތަރަްގީ ކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ސަރުކާރާއި، ޒުވާނުނ ްއަދި އަނހެން މަސައްކަތްތެރީންނާއި އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޭނާގެ ޒިޔާރަތުގެ ތެރޭގައި ފަހި ވެގެން ދިއުން ކަމަށް މި މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

ޝެފާ ގެ މެސެޖަށް ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރުވަނީ، އެމަނިކުފާނު ރާއްޖެ އަންނަކމާއި މެދު ހިތް ހަމަ ޖެހުން ފާޅުކޮށް، އެކުގައި މަސައްްކަތް ކުރުމަށޤ އުއްމީދުކުރާކަމަށް ބުނެފައެވެ. އަދި ކޮވިޑު ގެ ދުވަސްވަރު ވޯލްދް ބޭންކް އިން ރާއްޖެއަށް ދެއްވި އެެހީތެރިކަމަށް ޝުކުރުއަދާ ކޮށް ތައުރީފުވެސް ކޮށްފައެވެ.

ރާއްޖޭއާއި ވޯލްޑް ބޭންކުގެ ގުޅުމަށް 40 އަހަރު ވެފައިވާއިރު، ރާއްޖޭ ގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ސްކޫލުތައް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަުގެ ދާއިރާ ކުރިއަރުވަން ވޯލްޑް ބޭންކް އިން އެހީ ވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: