ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް26: ދިރުހުރުމާއި މަރާ ގުޅުން ހުރި ނިންމުންތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕް26 ނުވަތަ “ކޮންފަރެންސް އޮފް ޕާޓީސް”ގެ 26 ވަނަ ބައްދަލުވުން މިއަދު ފެށިގެންދާއިރު މުޅިދުނިޔޭގެ ސަމާލުކަން މިއަދު ހުއްޓިގެންދާނީ މި ބައްދަލުވުމަށެވެ. މ ބައްދަލުވުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީ ވެފައިވާ ގައުމުތަކުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު ތިމާވެއްޓާއި ގުލޭ މުހިންމު ނިންމުންތަކެއް ނިންމިގެންދާނެ ބައްދަލުވުމެކެވެ. ކުރު ގޮތަކަށް ބުނާނަމަ މިއީ ދިރިއުޅުމާއި މަރާ ގުޅިފައިވާ ނިންމުންތަކެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާ ބަޔަކީ ތަރައްޤީވަމުން އަންނަ ކުދި ގައުމުތަކެވެ. ވާރޭ ނުވެހުމުގެ ސަބަބުން ފެނަށް ޖެހުމާއި، ފެންބޮޑުވުމުގެ މައްސަލަތަކާއި އަދި ޖަންގަލި ތަކުގަިއ ރޯވުންފަދަ މޫސުމީ މައްސަލަތަކަކީ ތަރައްޤީ ވެފައިވާ ގައުމުތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ނަތީޖާ އެވެ. މިހުރިހާ ބިރުވެރިކަމާއި ވޭނެއް ތަހައްމަލު ކުރަންޖެހިފައިވަނީ މި ދެންނެވި ކުޑި ގައުމުތަކުންނެވެ.

ތަރައްޤީ ވަމުންއަންނަ ގައުމުތަކުން ބޭނުންވަނީ ކޮންކަމެއް؟

މިފަހަރުގެ ކޮޕް 26ގައި ގައުމުތަކާއި އެކު ޝަރުތުތަކެއް ކަނޑައަޅައި ޒަމާނުއްސުރެ ތަޙައްމަލު ކުރަމުން އައި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.

އޭގެ ތެރޭގައި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރުމަށާއި މުސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ކޮންމެ އަހަަރަކުވެސް 100 ބިލިއަން ޑޮލަރު ފަންޑު ކުރުމަށް އެއްބަސްވުމަކާއި ހަމައަށް އައިސް އެކަމުގެ ޔަގީންކަން ހޯދުމާއި 2050 ވަނަ އަހަރު އަައުމުގެ ކުރިން ނެޓް ޒީރޯގެ އަމާޒަށް ވާސިލްވުން ހިމެނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފެންބޮޑުވާ މައްސަލާގައި ކުދި ގައުމުތަކަށް ކުރާ އަސަރަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ. މީގެ ކުރިންވެސް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ގައުމުތަކުގެ ދެމެދު ވެފައިވާ އެއްބަސްވުންތަށް ތަންފީޒު ކުރުމަށް ޝަރުތުކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ ކުރިން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަށް ހިމެނޭހެން އުފައްދާފައިވާ ގުރޫޕަކުން ބުނީ މިފަދަ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި މިހާތަނަށް ދެކިފައި ނުވާކަމަށާއި ގްލަސްގޯގައި ބާއްވާ ކޮޕް 26 ގައި މިހުރިހާ ކަމެއް ބަދަލުވާން ޖެހޭ ކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ މައްސަލަތަށް ކާމިޔާބު ކުރުމަކީ ލަނޑުދަނޑިއެއް ކަމުގައި ކަނޑައަޅައިގެން، މިކަމަށް ޚަރަދުކޮށްގެން ނޫނީ ދިރިހުރުމުގެ އުންމީދު ނެތްކަން އެމީހުން ފާހަގަކުރިއެވެ.

މޫސުމީ ބަދަލތަކުގެ ސަބަބުން އަނދަވަޅުގައި ތިބި ގައުމުތަކަކީ ކޮބާ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށް އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ވަނީ ތަރައްގީ ނުވެ ހުރި ފަގީރު ގައުމުތަކަށް ތަހައްމަލު ކުރަންޖހެނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ފަގީރު ގައުމުތަކަކީ އެމީހުންގެ ދިރިއުޅުން މުޅިންހެން ކަހަލަ ގޮތަކުން ބަރޯސާވެފައިވަނީ ގުދުރަތުން ލިބޭ ވަސީލަތްތަކުގެ މައްޗަށެވެ. އެގޮތުން ކާނާއާއި ދިރިއުޅުމަށް ކުރާ މަސައްކަތާއި ގުދުރަތާއި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އަދި ޒަރޫރީ ބޭނުންތަށް ފުއްދުމަށްތަކައި ލިބޭ އާމްދަނީ ނުބައްދަލެވެ.

ފާއިތުވެދިޔަ 50 އަހަރަށް ބަލާނަމަ އެމްެ ލކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު 67 އިންސައްތަ މަރު ހިނގާފައިވަ މޫސުމީ ބަދަލުތަކުން ކުރާ އަސަރުގެ ސަބަބުންނެވެ. އެހެންކަމުން މިހާދުވަސްވަންދެން މިފަދަ ފަރާތްތަކަށް ނުލިބިވާ އިންސާފު މިއަދު ބޮޑެތި ގައުމުތަކުން ހޯދައިދީ މޫސުމަށް އަންނަ ބަދަލުތަކުން މިފަދަ ފަރަތްތަކަށް ކުރާ ނެދެވޭ އަސަރުތަށް ހުއްޓުމަކަށް ގެނެސްދިނުމަށް ކުދި ގައުމުތަކަށް އެހިތެރިވާން އެބަޖެހެއެވެ.

މުއްސަނދި ގައުމުތަކުން މައްސަލަ ހައްލުކުރުމަށް ކުރަނީ ކީއް؟

ކުދި ގައުމުތަކުގެ ބޭނުންތަކަށާއި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް 2020 ވަނަ އަހަރު އައުމުގެ ކުރިން 100 ބިލިއަން ޑޮލަރު ހޯދާނެ ކަމަށް މުއްސަނދި ގައުމުތަކުން ވަނީ ބުނެފައެވެ. މި ފައިސާއިން ޖައްވަށް ދޫކުރާ ވިހައިގެ ސަބަބުން ކުރާ އަސަރުކަށް ހައްލު ހޯދުމަށާއި ބޯކޮށް ވާރޭވެހި ވައިގަދަ ވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި އަދި ފެންބޮޑުވުމަށް ހައްލުގެނައުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.
ނަމަވެސް 2019 ވަނަ އަހަރު އައިރު މުއްސަނދިގައުމުތަކަށް ހޯދުނީ އެންމެ 80 ބިލިއަން ޑޮލަރެވެ. އަިދ 2023 ވަނަ އަހަަރާއި ހަމައަށްވެސް 100 ބިލިއަން ޑޮލަރު ހޮދިދާނެ ކަމުގެ އުންމީދު ވަރަށް ކުޑައެވެ.

މިފަހަރުގެ ކޮންފެރެންސް މުހިންމުވާ މައިގަނޑު ސަބަބަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮޕް ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގައިވާ ކަންކަންމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޖެހޭތީއެވެ. ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ވުރެ ތިރީގައި ބެހެއްޓުމަށް ގައުމުތަކުން އެއްބަސްވި އެއްބަސްވުން ހާސިލުކުރުމަށް ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާނީ ކޮޕް 26 އަށެވެ. މި ކޮންފަރެންސުން ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަމާއި ދެންހުރި ކަންކަން ހާސިލުކުރުމަށް އެކަށޭނެ ޕްލޭނެއް އެކުލަވާލުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނަށް ބަލާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ފްރާންސްގެ ރައީސް މެނުއަލް މެކްރޮން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ ޗައިނާގެ ރައީސް ޝީ ޖިންޕިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށެވެ. ހަތަރު ވަނަ އަށް އެންމެ ގިނައިން ގޭސް ދޫކުރާ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންވެސް ބައިވެރިވެވަޑައިގަންނަވާނި އޮންލައިންކޮށެވެ.

މީގެ އިތުރުން ތިމާވެއްޓާ ގުޅޭގޮތުން އަޑުއުފުލާ އެކްޓިވިސްޓުންވެސް ބައިވެރިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: