ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއު 2 ވަނަ ފިޔަވަހި އެމްޓީސީސީ އަށް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑްއިންފްރާސްޓްރަކްޗަރ އިން އެމްޓީސީ އާއި މަސައްކަތް ހަވާލުކުރުން/ ފޮޓޯ:- އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމްޓީސީސީގެ ފަރާތުން މަޝްރޫއު އާއި ހަވާލުވުމަށް ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަންނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢުގެ ދަށުން، 5 މަގެއްގައި ތާރު އެޅުމާއި، 7511.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން 2054 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަމައެއާއިއެކު ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއިއެކު މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: