ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނެގީ ކްރައިސިސް އަކުން ސަލާމަތް ވާން: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 އާއި ގުޅިގެން ދިވެހި ރާއްޖޭގެ ދަރަނި ގިނަވާން ޖެހުނީ ‘ކްރައިސިސް’ އަކުން ސަލާމަތް ވާން ޖެހެތީ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަަރަށް ލަފާކޮށް ހުށއަޅާފައިވާ ބަޖެޓަށް މަޖިލީސް ތަޅުމުގައި ބަހުސް ކުރަމުން ދާއިރު، މިއަދުގެ މަޖިޅިހުގައި ބައިވެރިވެ އަމީރު ވިދާޅުވީ 2020، 2021 އަދި 2022 ވަނަ އަހަރަށް ސަރުކާރަށް ހޯދައިދޭން ބޭނުންވި އާމްދަނީގެ 37-40 ބިލިއަން ގެއްލިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ދަރަނި ބޮޑޫ ވާން ޖެހުނީ ކޮވިޑު ފަދަ ބޮޑު ބަލިމަޑުކަމެއް ރާއްޖެއަށް ކުރިމަތި ވުމާއި އެކު، އެބަލިން ސަލާމަތް ވުމަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުންނެވެ.

2019 ވަނަ އަހަރަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް އެންމެ ފަހި އަހަރު ކަމަށް ބުނަމުން މިނިސްޓަރ ވިދާޅުވީ އެއަހަރު ރާއްޖެއަށް 1.78 މިލިއަން ފަތުރުވެރިން ޒިޔަރތްކުރި ކަމަށާއި ރާއްޖޭގެ އިގްތިސޯދު 5.7 އިންސައްތަ އިތުރުވެގެން ދިޔަ ކަމަށެވެ.

2020 ވަނަ އަހަރުގެ އިނީޝިއަލް ބަޖެޓު މަޖިލީހުން ފާސކޮށްފައި އޮތީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރައްތ ކުރާނެ ކަމަށް ލަފާ ކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ބަޖެޓެއްގެ ގޮތުގައި ގާތްގަނޑަކަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިގެން ދިޔަކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރުން ހުށައެޅި އެންމެ ބޮޑު ޕްރޮގްރާމް ބަޖެޓެވެ.

މިނިސްޓަރ އަމީރު ވަނީ 2020 ވަނަ އަހަރު ކޮވިޑު އައުމާއި އެކު، ޕީއެސްއައިޕީ ގެ ޕްރޮގރާމުތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިކަމަށާއި، އެއީ އޭގެ ތެރެއެިން ކުރެވުނު ކަމެއްކަމަށެވެ.

ދައުލަތުގެ ދަރަނި ބޮޑު ވުމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، ފިސްކަލް ކޮންސޮލިޑޭޝަން މެޝާސް ބޭނުންކޮށްގެން ދަރަނި ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ދައުލަތަށް 29.29 ބިލިއަން ރުފިޔާގެ އަމްދަނީ އެއް ލަފާ ކުރެވުނު ނަމަވެސް އަހަރު ނިމުނު ލިބިފައިވަނީ 14 ބިލިއަން ރުފިޔާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: