ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅުތައް ހަރުދަނާ ކުރިނަމަވެސް މުޖުތަމައުއަކުން ކޮރަޕްޝަން ނައްތާލުމަކީ އުނދަގޫކަމެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅުތައް ހަރުދަނާ ކުރިނަމަވެސް މުޖުތަމައުއަކުން ކޮރަޕްޝަން ނައްތާލުމަކީ އުނދަގޫކަމެއްކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

“އެސެޓް ރިކަވަރ ކުރުމުގެ ގާނޫނީ ނިޒާމު” ގާއިމްކުރުމަށް އޭސީސީން އިސްނަގައިގެން ފެށި މަސައްކަތު ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކޮށް، ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން ކަނޑައެޅި އަޒުމާއި ހަމަައަށް ވާސިލްވުމަށް އެންމެ މުހިންމު ވަސީލަތެއްކަމަށް ފުރަތަމަ ދުވަހުންސުރެ ފެނުނީ މާލީ ނިޒާމު ހަރުދަނާކުރުންކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ޕަބްލިކް ފައިނޭންސިންގެ މެނޭޖްމެންޓްގެ އުސޫލުވެސް ހަރުދަނާ ކުރަންޖެހޭކަމަށް މިނިސްޓާ ފާހަގަކުރެއްވިއެވެ.

ފާއިތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި މިމަގުން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، ދައުލަތުގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރެވެން ހުރި ފުރުސަތުތައް ހަނިކުރުމަށް މާލިއްޔަތު ގާނޫނަށާއި އަދި މާލިއްޔަތު ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާކަމަށެވެ. އަދި އިތުރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ދަނީ މަސައްކަތްކުރެވުމުންކަމަށް ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން އިބްސާސް އެކުރޫއަލް ބޭސިސްއަށް ރިޕޯޓުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު ކުރިއަށްވުރެ ބީލަމުގެ އުސޫލުވެސް ވަނީ ހަރުދަނާ ކުރެވިފައިކަން ފާހަގަ ކުރެއްވިއެވެ.

” ބީލަމުގެ އުސޫލުތައް ކުރިއަށްވުރެ ހަރުދަނާ ކުރެވި 5 މިލިއަން ރުފިޔާއިން މަތީގެ ޕްރޮޕޯސަލްތައް، ބީލަން ޕޯޓަލް މެދުވެރިކޮށް ހުށައަޅަންޖެހޭ ގޮތަށް މިހާރު ވާނީ ބަދަލުކޮށްފަ”

މިނިސްޓަރު ވިދާޅުވި މިއީ އަދި މި ސަރުކާރުން ކޮށްފައިޥާ މަސައްކަތުގެ މަދު މިންވަރެއްކަމަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއަށް ބެލިކަމުގައިވީ ނަމަވެސް މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނާނެކަމަށް އަމީރު ވިދާޅުވިއެވެ.

“މިގޮތުން 2018 ވަނަ ސީޕީއައި ރޭކްކިންގަ ރާއްޖެ އޮތީ ދުނިޔެއިން 124 ވަނައިގަ، ނަމަވެސް އހަަރަކަށްވުރެ އަހަރެއް ކުރިއަރައިގެން ގޮސް 2021 ވަނަ އަހަރު ސީޕީއައި ރޭކިންގަ ރާއްޖެ ވަނީ ބޮޑުތަނުން ކުރިއަށްޖެހި 85 ވަނައަށް އަރާފަ”

މިއީ ތިން އަހަރުގެ ތެރޭގައި ހާސިލްކުރެވުނު ވަރަށް ބޯޑު ކުރިއެރުމެއްކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓާ ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ ފިޔަވަޅުތައް ހަރުދަނާ ކުރިނަމަވެސް ކުޖުތަމައުއަކުން ކޮރަޕްޝަން ނައްތާލުމަކީ އުދަގޫކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: