ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ހިޔާނާތް: އަމީރު ވިދާޅުވީ އަދިވެސް ކުރިއަށް ދަނީ ފައިސާ ހޯދުމުގެ މަސައްކަތްކަމަށް!

މާލީ ވަޒީރު އިބާރާހީމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ވޯސްޓް ކޭސް ސިނާރިއޯއަށް ރިއާޔަތްކޮށް ރާއްޖެ ގެނައުމަށް ނިންމި ވެންޓިލޭޓަރަށްވި ހިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިގެން ދިޔަ 30 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހާޒިރު ކުރުމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސުވާލުކުރައްވާފައިވަނީ ވެންޓިލޭޓާރުގެ ހިޔާނާތުގެ މައްސަލައާއި ބެހޭ ގޮތުންނެވެ.

މެންބަރު ސުވާލުކުރެއްވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބިފައިވަނީ ކިހާ މިންވަރެއްތޯ އަދި މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ވައުދާއި އެއްގޮތަށް އެހެން ސަރުކާރުތަކުން ހިންގާފައިވާ ހިޔާނާތްތަކުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ އެއްވެސް ފައިސާއެއް ލިބިފައިވޭތޯއެވެ. އަދި ލިބިފައިވާނަމަ އެއީ ކިހާ މިންވަރެއްތޯއެވެ.

ކޮވިޑް ނިމި ދިޔައިރުވެސް ވެންޓިލޭޓާރު ކޮޅު ނުލިބިވުމުގެ އިތުރަށް، 30 މިލިއަނުގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ ކިތައް ބައި ރުފިޔާފޮތި ދައުލަތަށް ހޯދިއްޖެތޯ؟ އަދި އެނޫންވެސް ސަރުކާރުތަކުން ހިންގާފައިވާ ހިޔާނާތްތަގެ ތެރެއިން ސަރުޚާރުން ވެފައިވަ ވައުދާއި އެއްގޮތަށް އެއްވެސް ފައިސާއެއް ދައުލަތަށް ވެއްދިއްޖެތޯ؟

ޖަވާބުގައި އަމީރު ވިދާޅުވީ، މިހާރު ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އޮތީ އާބިޓްރޭޝަންގެ މަރުހަލާގައިކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ދަނީ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށެވެ.

އެހެން ސަރުކާރުތަކުން ވެފައިވާ ހިޔާނާތްތަކުގެ ތެރެއިން އެމްޕީއާރުސީ ހިޔާނާތް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ކުރަމުންކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަންގައި ކުރި އެ މަސައްކަތް މިޙާރު ވަނީ އޭސީސީ އަށް ޓްރާންފައިކުރެވިފައިކަމަށް މިނިސްޓާރު ފާހަގަކުރެއްވިއެވެ.

ހިޔާނާތުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން ހޯދޭނެ ފައިސާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން އެންމެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހެލްތް މިނިސްޓްރީގެ ތެރެއިން އަމަލުކޮށްފައި ވާތީ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލައި އަދިވެސް ކޮމިޝަނާއި އެކު މަސައްކަތް ކުރަމުންދާކަމަށެވެ.

މި މައްސަލައިގައި ދައުވާ ނުކުރެވޭ ސަބަބާއި މެދު ސުވާލުކޮށް، މެމްބަރުން ވަނީ މިއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްކަން ފާހަގަކޮށްފައެވެ. އަދި މިކަމުގައި ޝާމިލުވާ މީހުންނަށް އަަދަބު ދެވޭނެ ގޮތެއް ނެތީ ތޯ ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތް މައްސަލައިގައި އޭސީސީ އާއި އެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެންމެ ފަހުން ކޮމިޝަނުން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލަން ޖެހުނީ ބައެއް ފަންނީ ކަންކަން އިސްލާހު ކުރުމަށްކަމަށާއި، އެބައިތައް ފުރިހަމަކޮށް އޭސީސީން އަލުން މައްސަލަ ފޮނުވުމުން ދައުވާ ކުރެވޭނެކަމަށް ޝަމީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: