ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޯރިގު ރޮޒެއިނާއަށް: މާ ވާހަކަ ގިނަ ކުރާނަމަ ވާނީ ފަޟީހަތް!

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެިނާ އާދަމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރަސް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓާއި މެދު މަޖިލިސް ތަޅުމުގައި ބަހުސް ކުރަމުން ދާއިރު، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ވަނީ އިއްޔަގެ މަޖިލީހުގައި ރޮޒެއިނާ ދެއްކެވި ވާހަކައަށް ރައްދު ދީފައެވެ.

ތޯރިގުގެ ބަހުގެ ހަމަލާތައް ރޮޒެއިނާއަށް އަމާޒުވީ ހިޔާ ފްލެޓްތަކުގައި ތަށިމުށި ޖެހުމަށް ފައިސާ ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލަން ރޮޒެއިނާ ގޮވާލުމުންނެވެ. ހ. ދޫވެހި ވިއްކާލައިގެން ލިބޭ ފައިސާއިން، ހިޔާ ފްލެޓު ލިބުނު މީހުންނަށް ތަށިމުށި ގަނެދިނުމަށް ބުނެ ރޮޒެއިނާ ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެކަމާ ނުރުހުންވެ، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތައް ވަނީ، ބަޖެޓުގައި ބޭކާރު ހަރަދުތައް ހިމެނުމުގެ ބަދަލުގައި ހިޔާއަށް ބަދަލުވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މާ ރަނގަޅު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުގައި ކުރިޔަށް ދާ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ތޯރިގު މިއަދު ވިދާޅުވީ ރޮޒެއިނާއަށް އިދިކޮޅަށް ނުވަތަ ރައީސް ޔާމީނަށް އަމާޒުކޮށް ފާޑު ނުކިޔޭނެ ކަމަށެވެ. ގާނޫނު އަސާސީއަށް ހުށަހެޅި އެކި އިސްލާހުތަކާއި އަދި އެކި މީހުން މަގާމުން ބޭރު ކުރުމަށް ނެގުނު ވޯޓުތަކުގައި ރޮޒެއިނާ އެމްޑީޕީގެ ވިޕްތަކާއި ހިލާފަށް ވޯޓު ދިން ސަބަބާއި ގުޅޭގޮތުން ތޯރިގު ސުވާލު އުފެއްދެވި އެވެ.

ތޯރިގު ވިދާޅުވީ މިއަދު އެސެޓު ރިކަވަރީ ކޮމިޝަނާއި އެހެން އެކި ރިޕޯޓުތަކުގައި ފަހަރުގައި ރޮޒެއިނާގެ ނަން ނޯވެދާނެ ކަމަށެވެ. އިދިކޮޅު އޮތީ ވާހަކަ ދެއްކޭނެ ހާލަތެއްގައިކަން ފާހަގަ ކުރައްވައި ތޯރިގު ވިދާޅުވީ އެ ވާހަކަތައް ފަށާ ހިސާބުން ރޮޒެއިނާ ފަޟީހަތް ވާނެ ކަމަށެވެ.

“ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީ…. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ މަޖިލީހުގައި. މިތާނގައި ތިބި އެމްޑީޕީ މެންބަރުންގެ ތެރެއިން ރޮޒެއިނާ އާދަމަށް ވޯޓް ދެވުނު ގޮތްތައް އަޅުގަނޑުމެންނަށް ފެންނާން އެބަ އޮތް. މިއަދު އެސެޓް ރިކަވަރީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކުގައި ނަން ނެތަސް އަޅުގަނޑުމެން މިތިބީ ހަމަ އަނގައިން ވާހަކަ ދެއްކޭ ހާލަތުގައި. އިތުރަށް ރައީސް ޔާމީންގެ ވާހަކަ ދައްކާފައި ގެ ނަގާ ވާހަކަ ދައްކަންޏާ އަޅުގަނޑުމެން އަނގައިގަ ހިފާ ދަމާކަމަށް ވަންޏާ ދެން އިތުރަށް ވާހަކަ ދައްކަން ޖެހޭނީ… އޭރަށް ވާނީ ފަޟީހަތް.” ތޯރިގު

ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރޮޒެއިނާ އިއްޔެގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުން ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ނަމުގައި “ހާވައިފައި ހުރިހަޑި” ވެސް އެންމެންނަށް އޮތީ ހާމައަށް ފެންނަން ކަމަށެވެ. އެ މަޝްރޫއަށް ނެގި ލޯނުގެ އަދަދަކީ އެ ފަދަ ދެ މަޝްރޫއެއް ހިންގޭނެ ފައިސާގެ އަދަދެއްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރުން ބޭނުންވެގެން ބައެއް ގާނުނު އަސާސީގެ ގަވައިދުތަކަށް އިސްލާހު ގެނައުމަށާއި ބައެއް މީހުން ބޭރުކޮށްލަން މަޖިލީހުގައި ދެވުނު ވޯޓުގައި، އެމްޑީޕީގެ ވިޕްތަކާއި ހިކާފަސް ރޮޒެއިނާ ވޯޓު ދީފައިވާކަމަށް ތާރިގު ވިދާޅުވި އެވެ. އަދި ކަން މިހެން ކުރެވެން ޖެހުނު ސަބަބު ރޮޒެއިނާ ކިޔާދޭނީ ރައީސް ޔާމިންގެ ގެއަށް ވަޑައިގެން ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: