ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި މަގުމަތީ ބާޒާރު ބާއްވަން ހުއްދަ ދޭން ނިންމައިފި

މީގެ ކުރިން މާލޭގައި ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ  ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި، އުސޫލާ އެއްގޮތަށް ބޭއްވުމުގެ ހުއްދަ ދޫކުރަން ފަށާފައިވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުއްދަ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ހުއްދަ އަށް އެދޭ ފޯމާއެކު ނައިޓް މާކެޓާއި މަގުމަތީގެ ބާޒާރު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ތަބާވާނެ ކަން ބަޔާންކޮށް، ސޮއިކޮށްފައިވާ އިގުރާރެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 10:00 13:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާގައިވާ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން ސެކްޝަން އިންނެވެ.

ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ ހުއްދަ ދޫކުރަން ފަށާފއި މިވަނީ ކޮވިޑްއާއި ގުޅިގެން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުގައެވެ.

ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން އާންމުކޮށްފައެވެ. އެގޮތުން މި ގޮތަށް ވިޔަފާރި ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއަކަށެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށް ވެސް މިއުސޫލުގައި ބުނެފައި ވެއެވެ.

ކެއުމުގެ ބާވަތްތައް ވިއްކާ ނަމަ، ރަޖިސްޓަރީ ކުރާ ކުންފުނި ނުވަތަ ޖަމިއްޔާ އިން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނަގާފައިވޭތޯ ކަށަވަރު ކުރަން ޖެހެ އެވެ. އަދި ވިއްކާ ހުރިހާ މުދަލެއްގައި ވެސް އާންމުންނަށް ފެންނާނެހެން އަގު ޖަހައިފައި ހުންނަން ޖެހޭނެ އެވެ.

ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އުސޫލެއް އެކުލަވާލީ ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ހިންގުން ވަރަށް ބޮޑަށް އާއްމުވެ، އެކަމުގެ ސަބަބުން އެހެން ވިޔަފާރިތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުން ގެންދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: