ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ އެމްޑީ މަގާމުން ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގޯޑަން އެންޑްރޫ މަގާމުން ވަކިކޮށްފިއެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އައްޔަންކުރި ގޯޑަން މަގާމުން ވަކިކޮށްފައިވާ ކަން އެމްއޭސީއެލް އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެންޑްރޫ އެ މަގާމުން ވަކިކުރީ ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިގެން ކަމަށެވެ.

އެންޑްރޫ މަގާމުން ވަކިކުރުމަށްފަހު އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް އިއްޔަ ވަނީ ބޭފުޅަކު އައްޔަނު ކޮށްފައެވެ. އެމަގާމަށް އައްޔަނުކޮށްފައިވަނީ އޭވިއޭޝަން ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: