ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލިދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު އެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މި މަޝްރޫއުގެ ދަށުން ވެލިދޫގެ ފަސް ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމު ކުރުން ހިމެނޭ ކަމަށެވެ. އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއު ތެރޭގައި ހިމެނެ އެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 450 ދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީއާ ހަވާލުކުރެވުނު 88.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: