ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން މުރައިދޫ ކައުންސިލުން މަރުހަބާ ކިޔައިިފި

ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން މުރައިދޫ ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.

މަރުހަބާ ކިޔުމުގެ ގޮތުން މުރައިދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ސޯލިހުގެ ވެރިކަަކީ ކާމިޔާބު ބާއްޖެވެރި 3 އަހަރުގެ ވެރިކަމެއް ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުްނ ކައުންސިލްތަކުން ހިންގުމަށް ބޭނުްނވާ ހަރާކަތްތައް ފަސޭހަކަމާއި އެކު ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާި އެކު ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުުމާއި ރައްޔިތުންގެ ބައިވެރިކަމާއި އެކު ކަންކަން ނިންމުމަށް ފަހިކޮށްދީފައިވާ ފުރުސަތަށް މުރައިދޫ ކައުންސިލުން ވަނީ ޝުކުރުއަދާ ކޮށްފައެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑު 19 ގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ރައްޔިތުންނަށޤ ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށާއި ގައުމަށް ތަރައްގީ ގެނައުމަށް ކުރެވިގެންދާ މަސަކަތް ހުއްޓުެއްނެތި ކާމިޔާބު ކުރަމުން އަންނަ ކަމާއި މެދު މި ކައުންސިލުން ވަނީ ހިތް ހަމަ ޖެހުން ފާޅުކޮށްފައެވެ. ހާއްސަކޮށް މުރައިދޫގައި 7 ތަރައްގީ މަޝްރޫއުތަކެއް ހިންގަމުންދާ ކަމާއި މެދު ކައުނސިލުން ވަނީ އުފާ ފާޅުކޮށްފައެވެ.

ރައްޔިތުންގެ ކުރިމަގަށްޓަކައި ގައުމު ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރަކީވެސް ކާމިޔާބު އަހަރުތަކަށް ވެގެންދާނެ ކަމަށް މުރައިދޫ ކައުނސިލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: