ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބޮތް: ފައިސަލް

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު އިފްތިތާހްކުރުުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 3 އަހަރު ކުރިޔާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމަށް ރައީސުލްޖުމްހޫރިްއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުން ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ކަންތައް ފުއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކޯވިޑް 19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސް ސޯލިހު ބެއްލެވީ ކަންކަން މެނޭޖް ކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެއްވުމަށްކަން ފައިސަލް ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 3 އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ 3 އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމްޓީސީސީ އާއި ފެނަކަ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް ބެލިނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެ ރަށެއްގައި ހެން މަޝްރޫއުތައް ހިންގަމުން ގެންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: