ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެއްލައިދޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރަށް ޝުކުރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ނެއްލައިދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ނެއްލައިދޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ގުޅިގެން އެކަން ޝުކުރުވެރިކަމާއެކު ނެއްލައިދޫ ކައުންސިލުން ފާހަގަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރަށު ކައުންސިލުން ވަނީ ނެއްލައިދޫގައި ގެންދާ މަޝްރޫއުތަކާއި މެދު ހިތްހަމަ ޖެހުން ފާޅުކުރައްވާފައެވެ. ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ ރަށުގެ އެކި ތަންތަނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމާއި ގުޅޭގޮތުންނާއި ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ކުރުން މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ނެއްލައިދޫ ސްކޫލާއި އެރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކުރައްވާފައެވެ.

ހަމައެއާއިއެކު ނެއްލައިދޫ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް އިތުރު އިންސާނީ ވަސީލަތް ބޭނުންވާކަމާއި ހިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުުމުގައި ނެއްލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަކުރައްވާފައެވެ.

ފައިސަލް ދެއްކެވި ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސަރަހައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށް ގެންދާ ބޮޑެތި ބައެެއް މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވައި އެމަނިކުފާނު ވަނީ ކުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަޙައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަރައްގީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް ނެއްލައިދޫ ކައުންސިލުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެއްލައިދޫ ސްކޫލަށް ޒިޔާރަތްކޮށް ސްކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ 2 ކްލާސްރޫމާއި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: