ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކަރުގެ އަމާޒަކީ ފަންނުވެރިންނަށް އިތުރު ފުރުސަތު ފަހި ކޮށްދިނުން: ޔުމްނާ

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖޭގެ ފަންނުވެރިންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއި އެކު 3” ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި އުފެއްދުންތައް އުފައްދަ އާޓިސްޓުންނަށް އެ މީހުންގެ ހުރަތުތައް އާއްމުންނާއި ހަމައަށް ގެނެސްދެވޭނެ މަގެއް ހޯދުން މުހިންމު ކަމަށެވެ.

ފަންނުވެރިކަމާއި ގުޅޭގޮތުން މީގެ ކުރިން މުޖްތަމައު ދެެެކެމުން އައި ގޮތް ބަދަލުވުމަކީ އެއީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ގަބޫލު ކުރައްވަ އެވެ. ރާއްޖޭގައި ފަންނުވެރިން އެ މީހުންގެ އަމިއްލަ މަސައްކަތްތައް ޕްރޮމޯޓުކޮށް އާމްދަނީ ހޯދަމުންދާކަން ފާހަގަކޮށް ޔުމްނާ ވިދާޅުވީ، މިނިސްޓްރީން އެ މީހުންނަށް ދެވެން ހުރި ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ކަމަށެވެ. މިފަދަ ޒުވާނުންނަށް ހިތްވަރު ދީ ކުރިއެރުވުން އެއީ ސަރުކާރުގެ ޒިންމާއެއްކަން ވެސް ޔުމްނާ ފާހަގަ ކުރެއްވި އެވެ.

އާޓް ގެލެރީގައި ކުރިއަށް ގެންދާ މައުރަޒުތަކުގެ ބޭނުމަކީ މިފަދަ ފަންނުވެރިން ކުރިއެރުވުންކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން “އޯތެންޓިކް މޯލްޑިވްސް” ގެ ނަމުގައި ފިހާރަތައް ހުޅުވައި، ދިވެހި އުފެއްދުންތައް ވިއްކުމަކީ ދިވެހި އުފެއްދުންތަކަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މިއުޒީޝިއަނުންނަށް ދޭންޖެހޭ ފުރުސަތު ދިނުމުގެ ގޮތުން އެމީހުން ޕާފޯމް ކުރާނެ ޖާގައިގެ އިތުރުން، ޕާފޯމް ކުރާނެ ފުރުސަތު ހޯދުމަކީ އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމެއްކަމުގައި މިނިސްޓާރ ގަބޫލުކުރައްވަ އެވެ. ޔުމްނާ ވިދާޅުވި ގޮތުގައި އީދު ޝޯ ފަދަ ހަރާކާތްތަކަކީ ދިވެހި ފަންނާނުންނަށް ކުރިއެރުން ލިބޭނެ ކަމެކެވެ. އަދި ރިސޯޓުތަކަށް ބިދޭސީން ގެންނަ މައްސަލައަށް ގިނަ މަޝްވަރާތަކެއް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

ހަމައެއާއި އެކު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުން ގެނައުމަށް މިނސިްޓްރީއިން މަސައްކަތްތަކެއް ކުރާއިރު، ކޮވިޑުގެ ހާލަތުގެ ކުރިން 2019 ގައި އޮލިމްޕަހުގައި އެޅުވި ގިނަ ދިވެހި ފިލްމުތަކަކީ ކާމިޔާބު ފިލްމްތަކެއްކަން ޔުމްނާ ފާހަގަ ކުރެއްވި އެވެ. ޔުމްނާ ވިދާޅުވީ ކޮވިޑުގެ ތެރޭގައި އޮލިމްޕަސް ބަނދުކުރީ ލޮކްޑައުނާއި އެކު މަރާމާތު ކުރުުގެ ގޮތުން ކަމަށާއި މިހާރު މަރާމާތު ކުރުމުގެ 1 ފުރަތަމަ ފިޔަވަހި ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިންޑި ސަރުކާރުގެ ގްރާންޓެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ އޮލިމްޕަސް މަރާމާތު ކުރުމުގެ ބޭނުމަކީ ދިވެހި ފިލްމީ ދާއިރާގައި ފަހަކަށް އައިސް އުފައްދާ ފިލްމް ތަކުގެ ފެންވަރު ރަނގަޅު ވުމާއި އެކު، ރަނގަޅު ފެންވަރުގެ ސްކްރީނުގައި ފިލްމް ދެއްކުމެވެ. އަދި އޭގެ ކޮލިޓީއާއި އެއްވަރަށް ތަނުގެ ސައުންޑު ގާއިމުކޮށް، ޒަމާނީ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: