ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަށް ހަމަ އަގު ހޯދަން، މަސް ބާނާ ވަގުތުން ފެށިގެން ފިނި ކަންމަތީ ބެހެއްޓުން މުހިންމު: ޑރ. ހުސައިން

އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބާނާ މަހަށް ހަމަ އަގު ހޯދަ ދިނުމަށްޓަކައި، މަހުގެ ތާޒާ ކަން ދެމެހެއްޓުމަށް މަސް ބާނާ ވަގުތުން ފެށިގެން ފިނިކަންމަތީ ބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއި އެކު 3” ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބާނާ މަހުގެ އަގު ދަށް ވިޔަ ނުދީ ހަމަ އަގުގައި ހިފެހެއްޓުމަށް މަހުގެ ތާޒާ ކަމާއި ފިނިކަން ހިފަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން ބާނާ މަހުގެ ތެރެއިން 30 އިންސައްތަ މަހުގެ ފެންވަރު ދަށް ވެގެން ދިއުމަކީ ބޭރަށް އެކްސްޕޯޓު ކުރާއިރު، މަހުގެ އަގު ދަށް ވެގެންދާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަހުގެ އަގު ދަށް ވެގެން ދިއުމަކީ ގައުމަށް އަނބުރާ ލިބޭ އާމްދަނީ ކުޑަވެގެން ދާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަހުގެ އަގު ހިފެހެއްޓުމުގެ ގޮތުން މަސް ބޭނީއްސުރެ މަހުގެ ފިނި ކަން ގާއިމު ކުރެވޭ ފަދަ ނިޒާމެއް އެކުލަވާލުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް މިނިސްޓަރ ހުސައިން ފާހަގަކުރެއްވިއެވެ. ފިނިކަން ދެމެއްހުޓުމަށް ބޭނުންވާ އައިސް ޕްލާންޓް ތަކުގެ އިތުރުން ދޯނި ފަހަރުގައި މަސް ފިނިކުރާނެ ގޮތް ފަހި ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއިއެކު މަސް ޕްރޮސެސްކޮށް އެކްސްޕޯޓު ކުރެވެން ދެން ފަނޑުކޮށްފައި އައިސް ބެހެއްޓޭނެ ފަދަ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

2020 ވަނަ އަހަރު ކޮވިޑުގެ ބަލިމަޑު ކަމާއި ރާއްޖެ ކުރިމަތިލާން ޖެހުމާއި އެކު ވުޒާރާގެ މަސައްކަތް ލަސްވެގެން ދިޔަ ކަމަށް ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ ވުޒާރާގެ މަސައްކަތް ކުރުމަށް ސާވޭ ކުރުން ފަދަ ކަންތައް ނިންމުމަށް ބޭރުން އަންނަން ޖެހޭ ފަރާތްތަކުން އާދެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ވުޒާރާގެ އަމަލީ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުން ފެލިވަރު މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުއްޑޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންއޮތީ ހަމައެކަނި ސާވޭ ކޮށް ކޮންޓްރެކެޓަރަކާއި ހަވާލުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފިޝަރީސް މިނިސްޓަރ ވަނީ މަސް ފިނި ކުރުމަށް ބޭނުންވާ ކޮލްޑް ސްޓޯރޭޖްތަކުގެ މަސައްކަތުގައި ފަރުމާ ތައްޔާރުކޮށް ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރުއެސްޑަބްލިއު) ސިސްޓަމްތައް ރާއްޖޭގައި ގާއިމުކުރުމުގެ އިތުރުން އައިސް ޕްލާންޓްތައް އެޅުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ހަރުދަނާކޮށް މަހަށް ލިބެންޖެހޭ ހަމަ އަގު ހޯދައި ދިނުމަށް އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: