ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރިހަމަ ފުލުހުންގެ ނިޒާމެއް ގާއިމުކުރީ ރައީސް ސޯލިހުގެ ސަރުކާރުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަންގުޓީވީގެ ކަވަރޭޖެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

21 ވަނަ ގަރުނުގެ ޑިމޮކްރަޓިކް ވެއްޓެއްގެ ތެރޭފައި އޮންނަން ޖެހޭ ފުރިހަމަ މަދަނީ ފުލުހުންގެ ނިޒާމެއް ގާއިމުކުރީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ “ރައީސް ސޯލިހާއި އެކު 3” ކަވަރޭޖުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުރިހަމަ ނިޒާމެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން ފުލުހުންގެ ގާނޫން ފަރުމާކޮށް އެގާނޫން ވުޖޫދަށް ގެނައީ މިސަރުކާރުން ކަމަށެވެ.

ސަރުކާރުން އެކުލަވާލި ގާނޫނު ތަންފީޒުކޮށް އަމަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ނިމިގެން ދިއުމަކީ މި ސަރުކާރުން ކުރި ވަރަށް ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކޮށް ގެޒެޓުކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން އަތޮޅުތެރޭ ފުލުހުންގެ ހިދުމަތް ދެމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވެއެވެ. އެގޮތުން ސަރުކާރުގެ ވައުދެއްކަމަށްވާ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ވައުދު ފުރިހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ދިނުމަށް 5 ރީޖަންއަކަށް ބަހާލުމުގެ އިތުރުން ކޮންމެ ރީޖަން އަކަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އައްޔަން ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން މިގޮތަށް ކުރުމަށް ނިންމި މައިގަނޑު ސަބަބަކީ ރަށްތަކުގައި ހިނގާ ކުށްތަކުގައި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ސްޕީޑް އަވަސްކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ނިޒާމް ބައްޓަން ކުރެވިފައި އޮތީ ކުށެއް ހިންގުމުން، ތަހުގީގުކޮށް އެކުށަށް އަދަބު ދިނުމުގެ އުސޫލުގެ މަތިން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ދަނީ ކުށެއް ކުށަކަށް ވުމުގެ ކުރިން، ނެއިބަރހުޑްގެ ތެރެއިން ހުރިހާ މުއައްސަސާތަކުން ގުޅިގެން އުފެއްދޭ ގުރޫޕެއްގެ ތެރެއިން ފުލުހުން އިސްވެ ތިބެގެން ކުރާ މަސައްކަތަކުގެ ނަތީޖާއެއްގެ ގޮތުން ކުށް ކުރުވުން ހުއްޓުމަށް މަސައްކަތް ކުރުން ކަމުގައި އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުުގެ ގޮތުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާއިރު މިނިސްޓަރ ވަނީ މުޅި ފުލުހުންގެ ނިޒާމު ބައްޓަން ކުރަމުން އަންނަނީ އަވައްޓެރި ފުލުހުންގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: