ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުގެ އައު ލޯގޯއަށް ގިނަ ބައެއްގެ ފާޑު ކިޔުން!

މާލެ ސިޓީގެ ކުރީގެ ލޯގޯ އާއި މިހާރުގެ ލޯގޯ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް 6 މަސް ފުރުމާއި ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ބެއްވި ރަސްމިއްޔާތުގައި ކައުންސިލުގެ އައު ލޯގޯ، ދިދަ އަދި އައު ޔުނިފޯމް ވަނީ ތައާރަފްކޮށްފަ އެވެ. ކައުންސިލް ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތައާރަފު ކުރި އައު ލޯގޯ އިން ރަމްޒުކޮށް ދޭ ކަންތައްތަކެއް ވާއިރު މި ލޯގޯ އާއި މެދު ގިނަ ބައެއްގެ ފާޑު ކިއުމާއި، ބަސް ބުނުން ވެސް ވަނީ އަމާޒުވެފައެވެ.

ކައުންސިލްގެ އައު ލޯގޯ އިން ރަމްޒުކޮށްދެނީ މާލެ 6 އަވަށެވެ. ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދެ އެވެ. އަދި ދެ ފަރާތުން ރަމްޒުކޮށް ދެނީ ވިލިމާލެ އާއި ހުޅުމާލެއެވެ. ލޯގޯގައިވާ ކުލަތަކަކީ މާލޭގެ 4 އަވަށު ކުލަތައް ކަމަށާއި ދެފަރާތުން ފެނިގެންދަނީ ވިލިނގިލި އާއި ހުޅުމާލެ ކުލަތައް ކަމަށް، ދިދަ ތައާރަފު ކުރަމުން ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. މި ކުލަތައް އެކުލަވައިލަން ބޭނުންކޮށްފައި ވަނީ އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ދުވާ ރޮނގެެއް ކަމަށް ކައުންސިލުން ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ކައުންސިލުގެ ލޯގޮ ފަރުމާ ކުރުމުގައި ބޭނުންކުރާ އެއް އުސޫލު، މާލެ ސިޓީ ކައުނސިލުގެ ކުރީގެ ލޯގޯ ފަރުމާ ކުރުމުގައި ދިރާސާތަކުގެ އަލީގައި، މާލެ ރަމްޒުކޮށްދޭ ތަންތަނާއި ތަކެތި އެކުލަވާފައިވެއެވެ. އެގޮތުން ބަލާއިރު، ކުރީގެ ލޯގޯއިން ރާއްޖޭގެ އެންމެ އާސާރީ އެއް ބިނާ ކަމުގައިވާ މުންނާރުގެ ފަރުމާތައް އެކުލެވިފައިވާއިރު، މި މަންޒަރުނ ދައްކުވައިދެނީ މާތްވެގެންވާ އިސްލާމްދީނުގެ ނިޝާންތަކެވެ. ލޯގޯގައިވަ ނޫކުލައިން ދައްކުވައިދެނީ ރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތަކެވެ. އަދި ލޯގޯގެ ފަރުމާގައިވާ ފެހި ކުލައިން ރަމްޒުކޮށްދެނީ ފަހިކަމާއި ފާގަތި ކަން އެކުލެވިގެންވާ މުޖުތަމައުއެކެވެ.

ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ލޯގޯއަށް ގިނަ ބައެއްގެ ފާދު އަމާޒުކޮށް، ކައުންސިލްގެ ކުރީގެ ލޯގޯ މާ ފުރިހަމަކަން ފާހަގަ ކުރި އެވެ. އާއްމު ފަރާތްތަކުން ދެކެނީ އައު ލޯގޯއަކީ ރާއްޖޭގެ ސިޔާސީ ފިކުރުތައް ރަމްޒުކޮށްދޭ ލޯގޯއެއްކަމާއި، މި ލޯގޯ ގެ ކުލަތަކަކީ ސިޔާސީ ޕަޓީތަކުގެ ކުލަތަކެއްގެ ގޮތުގަ އެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރީގެ ލޯގޯއަކީ ރާއްޖޭގެ އަސްލިއްޔަތާއި ސަގާފީ އަދި ރާއްޖޭގެ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯ އަކަށް ވީ ނަމަވެސް، މިހާރުގެ ލޯގޯ އިން ރަމްޒުކޮށްދެނީ ބައިބައި ވުމާއި ތަފާތުކުރުމެވެ.

ލޯގޯއަށް ގެނައި ބަދަލަކީ ދިވެހި ގައުމިއްޔާތާއި އިސްލާމްދީނަށް ކުރި ހުތުރުކަން ބޮޑު ފުރައްސާރައެއްގެ ގޮތުގައި ފާހަގަކޮށް ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓަށް ތާއީދު ކުރައްވައި މާލޭގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ ސިޓީ ކައުންސިލުން މިފަހަރު ބަދަލު ގެނެސްފައި ވަނީ ނޫ އިގްތިސޯދަށް ފެހި މާހައުލް އަދި މުންނާރަކީ އެންމެ މުހިންމު މުވާސަލާތީ ބިނާ ކަމުގައި ދެކި ފަރުމާކުރެވުނު ލޯގޯއަކަށް ކަމަށެވެ. އަދި ވެރިކަމުގެ ސިއްކަ ރަމްޒުކޮށްދެނީ މިނިވަން ގައުމެއްގެ ވެރިކަން ކުރާ ސިޓީކަމުގައި ކަމަށް ސިފާ ވިދާޅުވި އެވެ.

ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވެގެން ދިޔަ ނަމަވެސް ކައުނސްިލުން ބުނި ގޮތުގައ މި ލޯގޯގައި ބޭނުންކޮށްފައިވަނީ މާލޭގެ އަވަށްތައް ރަމްޒުކޮށްދިނުމުގައި މީގެ ކުރިންވެސް ބޭނުންކުރާ ކުލަތަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: