ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުތު ހާބަރު ކައުންސިލާއި ހަވާލު ނުކުރުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް: މުއިއްޒު

މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގެ ސައުތު ހާބަރ، މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރުމަށް ސަރުކާރުން ނިންމި ނިންމުަމކީ ރައްޔިތުންނަށް ގެއްލުންވާ ރައްޔިތުންނަށް ލިބޭ ހިތްދަތި ކަމެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޭޔަރ ވިދާޅުވީ މާލޭގެ މޭޔަރ ގެ މަގާމާއި ހަވާލު ވި އިރު، ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރު ކޮށްދިނުމުގައި މަސައްކަތް ކުރާނެ ކަމަށާއި ހައްލު ނުހޯދޭ ވަރަށް ކަމެއް ގޯސް ވުމާއި އެކު ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށް ވައުުދު ވެފައިވާނެ ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް ގިނަ ކަންތައްތަކުގައި ސަރުކާރަށް އެދެމުން ދާއިރު، ކުރިން ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް މާލޭގެ ސައުތު ހާބަރު އަލުން ކައުންސިލާއި ހަވާލުކޮށް ދިނުމަށް އެދުމުން ވެސް އެކަން ގަބޫލުކޮށްފައި ނުވާކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ސައުތު ހާބަރަކީ ރައްޔިތުންގެ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އަދި އާމްދަނީ ހޯދޭނެ މަގަކަށް ވުމާއި އެކު ކައުންސިލަށް އަނބުރާ އެތަން ދިނުމަށް ސަރުކާރަށް ރަސްމީކޮށް ސިޓީ ހުށަހަޅައިގެންނާއި، އަދި ވާހަކަ ދައްކައިގެން ވެސް ހައްލު ކުރެވޭތޯ މަސައްކަތްކޮށްފައިވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޖަވާބުގައި ސިޓީ ކައުންސިލާއި ހާބަރު ހަވާލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް، ސަރުކާރުން ބުނުމަކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫންކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ސައުތު ހާބަރު މިވަގުތު ހަވާލުކޮށްފައި ވަނީ އެމްޕީއެލް އާއި ކަމަށް ވެފައި ސަރުކާރާއި އެމްޕީއެލް އާއި ދެމެދު ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެެ. މިތަނުން ހޯދާ އަމްދަނީ އެމްޕީއެލްއަށް ލިބުމުން ރައްޔިތުންނަށް ސީދާ ގޮތުން ކުރާ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި އެތަން އޮންނަށް ޖެހޭ ސަބަބެއް ނެތް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގާނުނީ ގޮތުން ސިޓީ ކައުންސިލާއި ހަވާލު ކުރެވިފައިވީ ނަމަވެސް، ސައުތު ހާބަރުން އާމްދަނީ ހޯދުމުގެ ފުރުސަތު ބަންދު ކޮށްފައި އޮތުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށެވެ. މޭޔަރ ގަބޫލުކުރާ ގޮތުގައި މާލޭގެ ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސައުތު ހާބަރ ގެ އާމްދަނީ ލިބުމަކީ މާލޭގެ ގިނަކަންކަން އިސްލާހު ކުރަން ލިބޭ ފުރުސަތެއް ކަމުގައެވެ.

” ސައުތު ހާބަރު މިޮއިތީ ގާނޫނީ ގޮތުން ކައުންސިލާއި ހަވާލުކުރެވިފައި، އެކަމަކު އާމްދަނީ ހޯދުމުގެ ފުރުސަތު ކައުންސިލަށް މިވަނީ ބަންދުކުރެވިފައި” މުއިއްޒު

ސަރުކާރުން ޓީ ޖެޓީ ކައުންސިލާއި ހަވަލުކުރަން ނިންމާފައިނުވި ނަމަވެސް، ސަރުކާރުގެ މި ނިންމުން އަލުން ރިވައިސް ކުރަން ރައީސް އޮފީހަށް ކައުންސިލުން ހުށައަޅާނެ ކަމަށް މާލެ ސިޓީގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: