ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރިވުމަކީ ލިބޭ އުފަލެއް: މިނިސްޓަރ

ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ/ ފޮޓޯ:- ވަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުން ކަންކަމުގައި ހަރަކާތްތެރިވެ، ގައުމީ އަދި ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކުގައި ރާއްޖެ ތަމްސީލު ކުރާ މަންޒަރަކީ، މިނިސްޓްރީ އިން މި ފަރާތްތަކުގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ފަހި ނަތީޖާ ކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން މިނިސްޓަރ ދިން މެސެޖުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތައް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމީ މިނިސްޓްރީއިން އަދި އެހެނިހެން ފަރާތްތަކުންވެސް ކުރަމުން އައި މަސައްކަތަށް ކުރިއެރުން ލިބެމުންދާ ކަމުގެ ފެހި ސިގްނަލެއް ކަމުގައެވެ. އަދި ދިރިއުޅުމުގައި ތަފާތު ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަސްބުނެ ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ދިރިއުޅޭ އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ހަމަ ހަމަ ފުރުސަތު ތަކާއި، އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ވަކި ވަކި ފަރުދުންގެ އަދި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރާއި ސަރުކާރުގެ މުއައްސަސާ ތަކުން ގުޅިގެން އެއް އަމާޒަކަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މުޖުތަމައު އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ސަމާލުކަން އިތުރުވެފައިވީ ނަމަވެސް މުޖުތަމައުގެ ހަވާސާ ވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި ޝާމިލުވެ އުޅުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން މުހިންމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑު 19 އާއި ގުޅިގެން ގިނަ ފަރާތްތަކަށް ދަތިތަކާއި އެތައް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް މިނިސްޓަރ ގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓަރ ގެ މެސެޖުގައި ގައުމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގައި އެންމެހައި ދާއިރާތަކުގައި ފުރިހަމައަށް ޝާމިލުވެވޭ ބަޔަކަށް ހެދުން ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: