ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމީދޫ އާއި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ޚިދުމަތް ފަށައިފި

އެމްޓީސީސީއިން ފޯރުކޮށްދޭ ސައިކަލް ފެރީގެ ހިދުމަތް / އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސ.ހުޅުމީދޫ އާއި ސ.ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ޚިދުމަތް ފަށައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ފެރީގެ ހިދުމަށް މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. ހުޅުމީދޫ ފެރީގެ އެންމެ ފުރަތަމަ ފެރީފުރާ ގަޑިއަކީ، ހެނދުނު 8:00 އެވެ. އަދި ފޭދޫގެ ފެރީގެ އެންމެ ފުރަތަމަ ފެރީފުރާ ގަޑިއަކީ، ހެނދުނު 09:30 އެވެ.. ފޭދޫގެ ފުރަތަމަ ފެރީލަފާ ގަޑިއަކީ، ހެނދުނު 08:45 އެވެ. އަދި ހުޅުމީދޫގެ ފުރަތަމަ ފެރީލަފާ ގަޑިއަކީ، މެންދުރު 10:15 އެވެ.

ހުޅުމީދޫ ފެރީގެ ދެވަނަ ފެރީފުރާ ގަޑިއަކީ، މެންދުރު 12:00 ހާއިރެވެ. އަދި ފޭދޫގެ ފެރީގެ ދެވަނަ ފެރީފުރާ ގަޑިއަކީ، މެންދުރު 01:30 އެވެ. ފޭދޫގެ ދެވަނަ ފެރީލަފާ ގަޑިއަކީ، މެންދުރު 12:45 ހާއިރެވެ. އަދި ހުޅުމީދޫގެ ދެވަނަ ފެރީލަފާ ގަޑިއަކީ، މެންދުރު 02:15 އެވެ.

މީގެއިތުރުން، ހުޅުމީދޫ ފެރީގެ ތިންވަނަ ފެރީފުރާ ގަޑިއަކީ، މެންދުރު 03:30 އެވެ. އަދި ފޭދޫގެ ފެރީގެ ތިންވަނަ ފެރީފުރާ ގަޑިއަކީ، ހަވީރު 05:00 ހާއިރެވެ. އެހެންކަމުން، ފޭދޫގެ ތިންވަނަ ފެރީލަފާ ގަޑިއަކީ، ހަވީރު 04:15 އެވެ. އަދި ހުޅުމީދޫގެ ތިންވަނަ ފެރީލަފާ ގަޑިއަކީ، ހަވީރު 05:45 އެވެ.

ފެރީގެ މިހިދުމަތް ލިބެން ފެށުމުން، އައްޑޫ އަތުޅުގެ ބައެއް ރަށްތަކުގައި ހޮސްޕިޓަލަށާއި އެހެނިހެން ތަންތަނަށް ދިއުމަށްޓަކާ ކުރިމަތިލާންޖެހޭ އުދަގޭތަކަށް ހުއިފަސޭހަކަމެއް ހިބިގެން ދާނެކަމަށް އުންމީދުކުރާކަމަށް އެމްޓީސީސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: