ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ގޮތުން ގާބިލު ނަމަވެސް، މައްސަލަތައް ބެލުމުގައި އޭސީސީ ވީ ފެއިލް: ވިސާމް

ރައްޔިތުން މަޖިލީހުގެ ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް/ ފޮޓޯީ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ތަހުގީގުނުކުރެވި ހުރި ޖުމްލަ 1،600 މައްސަލަ އެބަހުރިކަމަށް ލ. ގަމު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

2018 ގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ، ކޮރަޕްޝަން ނައްތާލީ ހިޔާނާތައް މަގުފައިވާ ގޮތަށް ހިންގާފައިވާ މައްސަލަތައް ބަލާނެކަމުގެ ވައުދާއި އެކު އެވެ. ހާއްސަކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ މައްސަލަތަކުގެ އެންމެ ފުންމިން ހޯދައި، އަދަބު ދޭނެކަމަށް އެމްޑީޕީން ވައުދު ވިއެވެ.

އޭސީސީން މައްސަލަތައް ބެލުމުގައި ޒާތީ ތައައްސުބެއް ގެންގުޅޭކަމަށާއި، އަދި ވަކި މީހުންގެ މައްސަލަތައް ނުބަލާ ދޫކޮށްލާކަމަށް ދެކެވުނު ވާހަކަތަކަށް އެމްޑީޕީން ވަނީ މިނިވަންކަމާއި އެކު މައްސަލަތައް ބަލާނެ އެފަދަ ކޮމިޝަނެއް ގާއިމު ކުރާނެކަމުގެ ވައުދު ވެފަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އަލަށް އައްޔަނު ކުރި އޭސީސީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ މަޖިލީހުގެ ކޮމިޓީއަށް މެމްބަރުން ހާޒިރުކޮށް އެކަމުގެ ނުރުހުމާއި ކަންބޮޑުވުން މަޖިލީހުގެ ތަޅުމުގައި ވެސް ފާޅު ކުރި އެވެ.

ކޮރަޕްޝަނަށް މަގުފަހިވަ ގޮތަށް ހިންގާފައިވާކަމަށް ބުނާ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެސީސީން ކުރިޔަށް ގެންދިޔަ ނަމަވެސް، ގިނަ މައްސަލަތަކުގައި ދަައުވާ ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކިތައް ނެތުމުގެ ސަބަބުން ޕްރޮސެކިިއުޓާރ ޖެނެރަލްގެ އޮފީހުން މައްސަލަތައް އަލުން އަނބުރާ ފޮނުވާ ހާލަތްތައް ވަރަށް ގިނަ އެވެ. އެހެންވެ އެކަމަށް ވެސް މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންގެ ފާޑުކިއުން އޮވެ އެވެ.

މެމްބަރުންނަށް ކުރެވޭ މަސައްކަތްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ފެންނަކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް އޭސީސީގެ ބައެއް މެމްބަރުން މީޑިއާތަކަށް އިންޓަވިއު ދީ ވިދާޅުވުވީ މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ދޭން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި އެކި ގޮތްގޮތުން ވާހަކަތައް ދެކެވޭއިރު، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ވިސާމް ވެސް ވިދާޅުވީ، ހިޔާނާތުގެ މައްސަލަތައް ބަލާނެކަމަށް އުންމީދު ކުރި ވަރާއި ގާތަށް ވެސް ނުބެލޭ ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ވައްކަމާއ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަަދަބު ދިނުންކަމަށްވާއިރު ރަނގަޅަށް ފަންކްޝަން ނުކުރާ މެމްބަރުންތަކެެއް ތަނުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ، އޭސީސީގައި މިވަގުތު ތިބި މެންބަރުންނަކީ ތައުލީމީ ގޮތުން ބަލާ ކަމަށްވާނަމަ، ތައުލީމީ ފެންވަރު ވަރަށް ރަންގަޅު އަދި ވަރަށް ގާބިލް މެންބަރުން ކަމަށެވެ. އަދި ކޮމިޓީން އެބޭފުޅުން އައްޔަން ކުރުމުގައިވެސް ތައުލީމާއި އެހެނިހެން ކަންތަކަށް ބަލައިފައިވާއިރު، މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމަން ވެސް ޖެހުނީ އެބޭފުޅުންނަށް މަސައްކަތް ނުކުރެވޭ ކަމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.

ވިސާމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވެސް މެމްބަރުން އެންމެ ހަރުއަޑުން ދައްކަން ޖެހޭ އެއް ވާހަކައަކީ އެއީ ކަމަށެވެ. މައްސަލަތައް ނުބެލި، ނުވަތަ ފިޔަވަޅު ނޭޅި ލަސްވުމަކީ އެއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލެމުންދާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާގެ ކޮމިޓީން އެތައް ފަހަރަކު އޭސީސީ މެންބަރުންނާއި ބައްދަލުކޮށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ވިސާމް ވިދާޅުވީ އޭސީސީއަށް މައްސަލަތައް ބެލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ބޭނުންވެ ބައްދަލު ކުރަން އެދޭ ކޮންމެ ވަގުތަކު ވެސް ކޮމިޓީން އެއްބާރުލުން ދިން ކަމަށެވެ. އޭގެ ތެރޭގައި ބަޖެޓުގެ ދަތިކަން ހުރިކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ވެސް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަމަށް ވިސާމް ވިދާޅުވި އެވެ.

މީގެ މަހެއްހާ ކުރިން އޮޑިޓް އޮފީހާ ގުޅިގެން ހުރިހާ މުއައްސަސާތަކެއްގެ ޕާފޯމޭންސް އޮޑިޓްތަކެއް އޮޑިޓަރ ޖެނެރަލް ކުރިއަށް ގެންދާނެ ކަމަށްވެސް ވެއެވެ. އެޕާފޯމޭންސް އޮޑިޓް ނިމުނަށްފަހު އޭސީސީގެ މެންބަރުންނާމެދު އަމަލުކުރާނެ ގޮތެއް ނިންމާނެކަމަކީ މާކުރިންވެސް އެމްޕީ ނިންމާފައިވާ ކަމެކެވެ.އޭސީސީއަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ، އެކަން ބެލުމުގެ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހާއި ގުޅިގެން ޕާފޯމަންސް އޮޑިޓެއް ތައްޔާރު ކުރިއިރު އެ މަސައްކަތް ފެށީ ވެސް ނަތީޖާ ނިކުންނަ ގޮތަކުން ކޮމިޝަންގެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނުމަށް ފަހުކަމަށް ވިސާމް ވިދާޅުވި އެވެ. މެމްބަރުން މަގާމުން ވަގުތުން ވަކި ކުރަން ފެންނަކަމަށް ނިންމީ ވެސް އެ ރިޕޯޓު ލިބުމުން ކަމަށާއި އޭގެއިން ދޭހަވީ އޭސީސީއަށް އެންމެ އެކަށޭނެ ގޮތަކަށް މަސައްކަތް ކުރެވިފައި ނުވާކަން ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އޭސީސީގައި އެތައް މައްސަލައެއް ހުރީ ފުނިޖެހިފައި ކަމަށެވެ. ބަލައި ތަހުގީގު ކުރަމުންދާތާ އަހަރުތަކެއް ވީ މައްސަލަތަކެއް ވެސް ހުރިއިރު ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެފަދަ ކޮމިޝަނަކާއި އެކު ނިކުންނާނެ އެއްވެސް ނަތީޖާއެއް ނެތްކަމަށް ދެކޭތީ، އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އެ ހައްގު ހޯދައި ދިނުމުގެ ގޮތުން މި ނިންމުން ނީންމީކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވި ގޮތުގައި ދައުލަތުގެ އެހެނިން މިނިވަން މުވައްސަސާތަކުގެ މަސައްކަތުގެ ރޭޓު ދެނެގަތުމަށް އެހެން ތަންތަނުގެ ވެސް އޮޑިޓެއް ކުރިޔަށް ގެެންދިއުމަށް ވަނީ ނިންމާފަ އެވެ.

އޫސީސީގައި މިހާރުވެސް 3 އަހަރު ދުވަސް ވެފައިހުރި 300 އަށްވުރެ ގިނަ މައްސަލަތައް ހުރިއިރު އެ މައްސަލަތައް ރައްދުވާ ފަރާތްތައް ނުވަތަ އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތައް މިއަދު ތިބީ އެހެން ވަޒީފާ ނުވަތަ އެހެން މަސައްކަތެއްގައިކަމަށް ވާތީ ވިސާމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ހިޔާނާތުގެ މައްސަލައް އަވަސް ކުރުމަށް އެދި ސިޓީތަކެއް ވެސް ހުށަހެޅީއިރު، އެކަމުން ފެނުނު އެއްވެސް އަލިމަގެއް ނެތްކަން ފާހަގަކޮށް ވިސާމް ވިދާޅުވީ އެ ކޮމިޝަނުގައި ޖުމްލަ އެއްވެސް ވަރަކަށް ތަހުގީގުނުކުރެވި 1، 600 އަށްވުރެ ގިނަ މައްސަލަތައް އެބައޮތް ކަމަށެވެ.

ކޮމިޝަނުން ތަހުގީގުކޮށް ނިންމައި ދައުވާކޮށްދޭން އެދި ފޮނުވާ ގިނަ ަމއްސަލަތަކުގައި ދައުވާ ކުރެވޭނެ ހާލަތެއް ނޯންނައިރު، ނިންމަނީ ކުދި ކުދި މައްސަލަައްކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

މެމްބަރުން ވަކިކޮށް އަލަށް އައްޔަން ކުރެވޭ މެމްބަރުން ވެގެން ދާނީ، ރައްޔިތުން އެދޭ ބަދަލެއް ގެންނާނެ ކޮމިޝަނަކަށް ކަމަށާއި މިއަދު ތިއްބެވި މެމްބަރުން ވަކި ކުރާތީ އެކަމަށް ދެކޮޅު ހަދާ ޕާޓީއެއް އަދި ރައްޔިތެއް ނެތުން އެއީ ނިންމުން ރަނގަޅުވުމުގެ ހެއްކެއްގެ ގޮތުގައި ވިސާމް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: