ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ދުވާފަރު ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮއްސި/ ފޮޓޯ:- އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓްވީތުގައި ބުނެފައިވަނީ ފެންހިންދުމުގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ނިމިފައިވާ އިރު، ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

ދުވާފަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ 2 ފިޔަވައްސަކަށް ބަހައިގެންނެވެ. އެގޮތުން ފުތަމަ ފިޔަވަހީގެ މަސައްކަތް ނިމި، ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި މަޝްރޫއުއަށް ހޭދަވާނެ ކަމަށް ލަފާކޮށްފަައި ވަނީ 37.8 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއަކީ 300 ދުވަހު ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: