ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފި

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ފެންހޮޅި ވަޅުމުގެ މަސައްކަތް ފަށައިފި/ ފޮޓޯ:- އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެންހިންދާ ހޮޅިވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން މި މަސައްކަތް ފަށާފައިވަނީ 13 ޑިސެމްބަރ 2021 ވަނަ ދުވަހުއެވެ.

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ފެންހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: