ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހްތިސޯސުގެ ބޮޑު ސަރަހައްދެއްވީ ހުޅުމާލޭގަ، ކަންކަން ތަންފީޒެއް ނުކުރެވޭ: މަޢިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިހްތިސޯސުގެ ބޮޑު ސަރަހައްދެއްވީ ހުޅުމާލޭގައި އެހެންނަމަވެސް، ކަންކަން ތަންފީޒެއް ނުކުރެވޭކަމަށް މާލެ ސިޓީގެ މެޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަކީ މިކަމުގައި ރިޔާޔަތް ކުރަން ބޭނުންކުރަން ޖެހޭ އެންމެ މުހިއްމު ލިޔުން ކަމަށާއި މާލެ ސިޓީ ކައުންސިލް އަދި އެހެން ހުރިހާ ކައުންސިލެއްވެސް ވެރިކަން މިކުރަނީ ލާމަރުކަޒީ ގާނޫނުގާއިވާ އިމުގެ ތެރެއިން ކަމަށް މަޢިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކޮންމެ ކައުންސިލަކަށް އިހްތިސޯސެއް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އިހްތިސޯސް ގޮތުގައި ކަނޑައަޅާ ސަރަހައްދުގެ ތެރޭގައި ގާނޫނުގައި ބުނާ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުން އެ ކައުންސިލްގެ ފަރާތުން ކުރަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ލާމަރުކަޒީ ގާނޫނުގަވާ ގޮތަށް މިހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ސިޓީ ކައުންސިލްގެ އިހުތިސޯސާއި މެދު އުފެދިފައިވާ ސުވާލުތަކާއި ގުޅޭގޮތުން، މުއިއްޒު ވިދާޅުވީ ގާނޫނަށް އަމަލު ކުރާނަމަ ވަރަށް ފަސޭހައިން ރައްޔިތުންނަށް ހިދުމަތްތައް ދެވުނީސް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ގޮތުގައި އިހްތިސޯސުގައި، ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 އާއި، މާލެ އާއި ފުރަމާލެ އަދި ވިލިނގިލި ހިމެނެއެވެ. އެހެންކަމުން މި ސަރަހައްދު ތަކުގައި ގާނޫނުގައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ރަައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތްތަކުން މިކަންކަން ކުރަންޖެހޭ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެހެންނަަމަވެސް، މި އިހްތިސޯސުގެ ބޮޑު ސަރަހައްދެއްވީ ހުޅުމާލޭގައި ކަމަށްވާއިރު، ހުޅުމާލޭގައި މިކަންކަން ތަންފީޒު ނުކުރެވޭކަމަށް މުއިއްޒު ވިދާޅުވިއެވެ. ދައުލަތުގެ 3 ބާރުގެ ތެރެއިން ގާނޫނު އަސާސީ ނުވަތަ ގާނޫނުތަކަކަށް ފަރުވާ ގެނެސްދީ ނުވަތަ ގޮތް ނިންމަދޭން އޮންނަ ބާރުން މި ކަންތައްތައް ނިންމަދޭނެ ކަމަށް އުންމީދު ކުރާކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މާލޭގަ ވޯޓުލެވޭ 50 ހާހާއްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ދާއިރު، މިއީ އާބާދީ ބޮޑު ތަނެއްކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި މި އާބާދީގެ ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ. މި ހައްގުތަށް ހިމާޔަތްކޮށް ދިނުމުގެ އެންމެ މަތީ މަސްއޫލިއްޔަތު މިވަނީ ދައުލަތުގެ ވެރިމީހާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށެވެ.

މިފަހަރު ރައްޔިތުން އިންތިހާބުކޮށްފަ ވަނީ މާލެ ސިޓީކައުންސިލްގެ މީހުން ކަމަށްވާއިރު ހުޅުމާލޭ ރައްޔިތުންގެ ހައްގުތަށް އަދާކުރެވެން ނެތްކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ އަމިއްލަ ހައްގުތަކެއްވެސް އަދާ ނުކުރެވޭނެ ކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކައުންސިލްގެ ފަރާތުން އައީ މަސައްކަތް ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: