އުރީދޫ މޮލްޑިވްސް އިން 2022 ވަނަ އަހަރުގެ ކަލެންޑަރު ލޯންޗުކޮށްފިއެވެ.
މި ކަލެންޑަރު ލޯންޗްކޮށްދީފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި އުރީދޫ މޯލްޑިވްސް ގެ ސީއީއޯ ނަޖީބް ޚާން އެވެ.
ކަލެންޑަރު ލޯންޗް ކުރުމަސް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ އުރީދޫ ފަދަ ފަދަ ކުންފުންޏަކުން ވިޔަފާރި ނޫން އެހެން ގޮތެއްގައި ރާއްޖޭގެ ޓުއަރިޒަމް ގެ ރަން ޔޫބިލް ފާހަގަކުރުމަށް ބޭނުންކުރާ ލޯގޯ ބޭނުންކުރުމަކީ މިނިސްޓަރ ވަރަށް ފަހުރުވެރިވާ ކަމެއް ކަމުގައެވެ. އަދި ހަމައެއާއިއެކު ރާއްޖޭގެ ޓުއަރިޒަމް ގެ ރަން އަހަރު ކަމަށްވާއިރު، މި އަހަރު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޮލްޑިވްސް އާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އުރީދޫގެ ސީއޯއީ ހަފްލާގައި ވާހަކަދައްކަމުން ވަނީ ކަލެންޑަރާއި ބެހޭ ގޮތުން ތަފާތު މައުލޫމާތު ހިޮއްސާކުރައްވާފައެވެ. އެގޮތުން ކަލެންޑަރު ފަރުމާ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުވައި އެސިނާއަތް ރަމްޒުކޮށްދޭ ގިނަ ކަންތައް ތަކެއް އެކުލަވާ ފަދަ ގޮތަކަށެވެ. ނަޖީބް ޚާން ވިދާޅުވި ގޮތުގައި، މިފަދައިން ކަލެންޑަރެއް ފަރުމާ ކުރެވި ލޯންޗްކުރެވުމަކީ އުރީދޫއިން އުފާ ފާޅުކުރާ ކަމެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުންފުނިން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އުރީދޫ އިން ލޯންޗްކުރި ކަލެންޑަރުގައި ފަތުރުވެރިކަމުގެ ސިނާއަތު ރަމްޒުކޮށްދޭ ގިނަ ކަންތައްތަކެއް ހިމެނެއެވެ. މި ކަލެންޑަރަކީ ތަފާތު ބާވަތެއްގެ އޮރިގާމީ ގަނޑަކުން ފަރުމާ ކޮށްފައިވާ ކަލެންޑަރެކެވެ.

