ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލުގައި ބެލެނިވެރިން ބައްދަލުވުންތައް ކުރިޔަށް ނުގެންދަން އަންގާފައި ނުވާނެ: އެޑިއުކޭޝަން

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލު ކުރިމަތީގައި އިހުތިޖާޖު ކުރުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރތައްބިޔާ ސްކޫލުގެ ބެލެނިވެރިން އަދި ޕީޓިއޭގެ މެމްބަރުން އެއްވެސް މީޓިންގ އެއް ބާވައިގެން ނުވާނެކަމަށް އެޑިއެކޭޝަނުން އެނގިކަމަށް ބުނެ ދެކެވޭ ވާހަކަ މިއަދު އެމިނިސްޓްރީ އިން ދޮގު ކޮށްފިއެވެ.

އަރަބިއްޔާގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން، އެޑިކޭޝަން މިނިސްޓްރީން ނިންމީ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް އަރަބި މުގައްރަރަށް ކިޔަވަދޭ ސްކޫލެއްގެ ދަރިވަރުންތަކެއް، އެހެން ސްކޫލެއްގެ ދަރިވަރުންނާއި އެއްކުރުން އެއީ ހަމަޖެހޭ އުސޫލެއް ނޫންކަން ފާހަގަކޮށް ބެލެނިވެރިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

މީގެ ކުރިން ވެސް އަރަބިއްޔާގެ ދަރިވަރުން، މަންދު ކޮލެޖު ހިންގި އިމާރާތަށް ބަދަލު ކުރުމުން ތަފާތު އެކި މައްސަލަތަކެއް ފެންމަތިވެފައި ހުރުމާއި، އަދި އިމާރާތުގައި ދިމާވި އެކި މައްސަލަތަކުގެ ސަބަބުން ދަރިވަރުން މަގުމަތިވާ ހާލަތަށް ގޮސްފައިވާތީ މާޒީ ތަކުރާރުވާން ބޭނުން ނޫންކަމަށް ބުނެ ބެލެނިވެރިން ވަނީ އިހުތިޖާޖުތަކެއްކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރުމަށް އެދި ހުށަހެޅުމުން، ވެސް ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ، ބެލެނިވެރިން ވަނީ ރައީސް އޮފީސް ދޮށަށް އެއްވުމަށް ވެސް ނިންމާފަ އެވެ.

ސްކޫލުގައި އެކި ބައްދަލުވުންތައް ބޭއްވުމާއި، އަދި ބޯޑު މީޓިންތަކުގެ ނިންމުންތަކަށް ފަހު މީޑިއާތަކަށް އާއްމު ކުރާ ބަޔާންތަކުގެ ސަބަބުން ސްކޫލުގައި އެއްވެސް ބައްދަލުވުމެއް ކުރިޔަށް ނުގެންދަން އަންގާފައިވާކަމަށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ. އެކަމާއި ގުޅޭގޮތުން އެޑިއުކޭޝަނާއި ސުވާލު ކުރުމުން ވިދާޅުވީ އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ ޕޭރެންޓުން ހިންގާ ޓްވިޓަރ އެކައުންޓުގައި އެޑިއުކޭޝަން މިނިސްޓްރީ އިން ބެލެނިވެރިންގެ މެދުގައި އެއްވެސް ކަހަލަ މީޓިންއެއް ބާއްވައިގެން ނުވާނެކަމަށް އަންގާފައިވާ ކަމަށް އާއްމުކޮށްފައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: